
އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ގެ ރަނިންމޭޓް ފައިސަލް ނަސީމް ކެމްޕޭން ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފިއެވެ.
އެމަނިކުފާނު މިއަދު އިންޑިއާއަށް ވަޑައިގެން މިހާރު ގެންދަވަނީ އެގައުމުގައި ދިރިއުޅެމުންދާ ދިވެހިންނާ ބައްދަލު ކުރައްވަމުންނެވެ. ފައިސަލް އާއި އެމަނިކުފާނުގެ ޓީމް މިހާރުވަނީ އާނަންތަޕޫރީ ހޮސްޕިޓަލަށް ވެސް ޒިޔާރަތް ކުރައްވައިފައެވެ. އަދި ބައެއް ދިވެހިންއުޅޭ ގޭގެއަށް ވެސް ގެންދަވަނީ ޒިޔާރަތް ކުރައްވަމުންނެވެ.
އާނަންތަޕޫރީ ހޮސްޕިޓަލަށް ވަޑައިގެން ފައިސަލް ވަނީ އެތަނުން ފަރުވާ ހޯދަމުންދާ ދިވެހިންގެ ހާލު ބައްލަވައިފައެވެ.