ރައީސް ޔާމީނާ ދެކޮޅަށް ތިބީ ނަސާރާދީން ފަތުރަން އުޅުނު މީހުން: ޑރ. ޝަހީމް

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީނާ ދެކޮޅުވެރިވެގެން އުޅެނީ ރާއްޖޭގައި ނަސާރާދީން ފަތުރަން އުޅުނު މީހުންނާއި ތިނެއް ނޮވެމްބަރުގައި ދައުލަތަށް އުދުވާނީ ހަމަލާ ދިން މީހުން ކަމަށް ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވީ ދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުޅުގައި އެއަތޮޅު މީދުއަށް ވަޑައިގެން އެރަށުގެ މީހުންނާ ބައްދަލު ކުރައްވައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ.

"ރައީސް ޔާމީނާ ދެކޮޅުވެރިވެގެން އުޅެނީ ރާއްޖޭގައި ނަސާރާދީން ފަތުރަން އުޅުނު މީހުންނާއި ނޮވެމްބަރު ތިނެއްގައި ދިވެހި ދައުލަތަށް އުދުވާނީ ހަމަލާ ދިން މީހުން،" ޝަހީމް ވިދާޅުވިއެވެ.

އެފަދަ ބަޔަކު ދިވެހި ގައުމުގެ ހައްގުގައި ނުކުމެ ތިބިކަމަށް އިއުލާން ކުރިއިރު އެމީހުންގެ ހަވޭލިތަކުގައި އުޅެމުންދާ ފެންވަރު ރަނގަޅު ދިރިއުޅުން ގާއިމް ކުރެއްވި ގޮތާމެދު ޑރ. ޝަހީމްވަނީ ސުވާލު އުފައްދަވައިފައެވެ. އެމީހުން މުއްސަނދިވީ ރައީސް އޮފީހުގެ ވަތްގަނޑުން ފައިސާ ނަގައިގެންތޯ ނުވަތަ އެމީހުންގެ ކާބަފައިންގެ މުދަލުން ވާރުތަވި މުދަލުންތޯ ވެސް އެމަނިކުފާނު ސުވާލު ކުރެއްވިއެވެ. "މި ސުވާލަށް އެމީހުން އެބަޖެހޭ ޖަވާބު ދޭން،" ޑރ. ޝަހީމް ވިދާޅުވިއެވެ. "އެހެންވީމާ ގައުމުގެ ހައްގުގައި ނުކުންނަ މީހުން އެބަޖެހޭ އެއީ ހަގީގަތުގައި ވެސް ތެދުވެރި މީހުންނަށް ވާން،" ޝަހީމް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހި ޒުވާނުން ސެޕްޓެމްބަރ 23 ގައި ނުކުމެ ރައީސް ޔާމީނަށް ވޯޓުދީ އެމަނިކުފާނު ހިމާޔަތް ކުރަންޖެހޭ ކަމަށެވެ. "ﷲ އިރާދަ ކުރެއްވިއްޔާ ރައީސް ޔާމީން މިއިންތިޚާބު ކާމިޔާބު ކުރައްވާނެ. ރަށްރަށުން މީހުން ގެނެސްގެން އަދި ބޮޑުމަންޒަރު ދައްކާލަން އުޅުނަސް އެމަންޒަރެއް ނުދެއްކޭނެ. ޕީޕީއެމްގެ ސަފުތައް އެއަށްވުރެ މާބަދަހި މާ ވަރުގަދަ. އަޅުގަނޑުމެންގެ ރައީސް އިއުލާން ކުރައްވައިފައިވަނީ ތިޔަހެންއަޅާ ޓައިމް ބޮމަކުން ތިމަންނާ ބިރެއް ނުގަންނާނެޔޭ. އެއީ އެމަނިކުފާނަކީ ވަރަށް ޖެހިލުންކުޑަ ހިތްވަރު ގަދަ ބޭފުޅެއް. މިރާއްޖެއާގެން ތަރައްގީއާ ހަމައަށް ގެންގޮސް ދެއްވާނެ ބޭފުޅެއް،" ޝަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީނަކީ އިސްތިއުމާރީ ބާރުތަކާ ކުރިމަތި ލައްވަން ކެރިވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި އެހެންނަމަވެސް އެމްޑީޕީ މިއަދުވަނީ އެމީހުންގެ ކޮރަޕްޝަނާއި ފަސާދައާ ދެކޮޅަށް މަސައްކަތްކުރި މީހުންނާ އެއްކޮށް ކަމަށް ޝަހީމް ވިދާޅުވިއެވެ. "އެހެންވީމާ އެމްޑީޕީ އެވަނީ އެމީހުންގެ އަސްލު ސޫރައިން ގެއްލިފައި. އެހެންވީމާ އެމްޑީއަކަށް ދެން ރާއްޖޭގައި ކުރެވޭނެ އިސްލާހެއް ނޯންނާނެ. އެމީހުން އެވަނީ އެމީހުންގެ އަސްލު މަގުސަދުން ބޭރުވެފައި،" ޝަހީމް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

3 ޚިޔާލު

  1. ތިކަން އެންމެންނަށް ވެސް އެގޭ..އެބައިގަޑަށް ފަންޑުކުރަނީވެސް ނަސޯރާ ފައްޅިތަކުން. ދެރައީ މިބުއްޅަބޭބެމެންވެސް ބޭނުމީ މިޤައުމުގައި ނަސޯރާ ދީނާއި އެއްޖީންސު ކުޅިގަޑު ނުފެތުރިގެން...ނާނާ އެފުރުސަތު ދިވެހިރައްޔިތުން ދެންނުދޭނެ.

  2. ތެދެއް. އިދިކޮޅުގައި ހަމަ ތިބީ ދީނާ ސިޔާސަތު ވަކިކުރަން އުޅޭ ބަޔެއް. އިސްލާމް ދީން ނޫން އެހެން ދީންތަކަށް ފުރުސަތު ދޭން އުޅޭ ބަޔެއް. ބިރަކާ ނުލާ މަޖާ ކުރަން އުޅޭ ބަޔެއް. ކީރިތި ރަސޫލާ އަށް ޖޯކު ޖަހުއްވާ ބަޔެއް.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.