
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ގެ ރަނިންމޭޓް ފައިސަލް ނަސީމް ށ. ނޫމަރާއަށް ވަޑައިގެންފިއެވެ.
ށ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު މިއަދު ނޫމަރާއަށް ވަޑައިގެންނެވުމުން އެރަށުން ވަނީ ވަރަށް ހޫނު މަރުހަބާއެއް އެމަނިކުފާނަށް ކިޔައިފިއެވެ. އެރަށް އެމަނިކުފާނު ވަޑައިގެންނެވިއިރު މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ނުކުމެ ތިއްބެވެ.
މިދަތުރުފުޅަކީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް އިބޫއަށް ތާއީދު ހޯއްދެވުމުގެ ގޮތުން ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ފައިސަލް ނަސީމް ވަމީ ށ. ގޮއިދުއަށާއި، ކަނޑިތީމަށްވެސް ވަނީ ވަޑައިގެންފައެވެ. އަދި އިތުރު ރަށްރަށަށްވެސް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.