ލިވަޕޫލް ބަލިކޮށް ޔުއެފާ ޔޫރޮޕާލީގް ފައިނަލުގެ ފުރުސަތު ވިއަރެއާލް ބޮޑުކޮށްފިއެވެ.
ޔޫރޮޕާލީގް ފައިނަލުގެ ފުރުސަތު ވިއަރެއާލް ބޮޑުކޮށްފައިވަނީ ސެމީފައިނަލުގެ ފުރަތަމަ ލެގްގައި ރޭ ލިވަޕޫލް އާ ދެކޮޅަށް ކުޅުނުމެޗް އެކެއް ސުމެއްގެ ނަތީޖާއިން ކާމިޔާބުކޮށްގެންނެވެ. ވިއަރެއާލްގެ ދަނޑުގައި ކުޅުނު މިމެޗްގައި ފެނިގެންދިއަ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޑްރިއަނެވެ.
ސެމީފައިނަލުގެ ދެވަނަ ލެގްގައި މިދެޓީމް ބައްދަލުކުރާ މެޗް އޮންނާނީ އަންނަ މަހުގެ ހަވަނަ ދުވަހު ލިވަޕޫލްގެ އެންފީލްޑްގައެވެ.
ޔުއެފާ ޔޫރޮޕާލީގް ސެމީފައިނަލުގެ ފުރަތަމަ ލެގްގައި ރޭ ޝަކްތަ ޑޮނެސްކާ ސެވިއްޔާ ބައްދަލުކުރިމެޗް ނިމުނީ ދޭއް ދޭއްގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެގެންނެވެ.