އީރާނުން އަމިއްލަ ހަނގުރާމަތީ މަތިންދާބޯޓެއް އުފައްދައިފި

 

 

އީރާނާ އެމެރިކާއާ ދެމެދު ނުތަނަވަސް އިތުރުވެފައިވާ މިދަނޑިވަޅުގައި އީރާނުން އެގަައުމުގެ ބާރު އަނެއްކާވެސް ދައްކާލައިފިއެވެ. މިފަހަރު އެގައު

މުން ދައްކާލާފައި ވަނީ އަމިއްލައަށް އުފައްދާފައިވާ ހަނގުރާމަމަތީ މަަތިންދާބޯޓެކެވެ.

ރައީސު ހަސަން ރޫހާނީ ބައްލަވަން އިންނަވައިގެން އެ މަތިންދާބޯޓު އުދުހޭ މަންޒަރުތަކެއް އީރާނުގެ ޓީވީން މިއަދު ވަނީ ދައްކާލާފައެވެ. މާދަމާއަކީ އީރާނުގައި ފާހަގަކުރާ ދިފާއީ ސިނާއަތުގެ ދުވަހެވެ.

ތަސްނީމް ނިއުސް އެެޖެންސީން ބުނިގޮތުގައި "ކައުސަރު' ގެ ނަންދެވިފައިވާ އެ ބޯޓަކީ މުޅިން އީރާނުގައި އުފައްދާފައިވާ ބޯޓެެކެވެ. އަދި އެ ބޯޓަށް ހަތިޔާ އުފުލުމާއި ކުރު ރާސްތާގެ އަސްކަރީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ގާބިލުކަން ލިބިގެން ވެއެވެ.

ސީރިޔާގައި ހަތް އަހަރުއްސުރެ ހިނގަމުންދާ ދާޚިލާ ހަނގުރާމައިގައި ރައީސު ބައްޝާރުލް އަސަދު ހިމާޔަތްކޮށް، އޭނާގެ ވެރިކަން ދެމެހެއްޓުމަށްޓަކައި އީރާނުން ވަނީ ބަރު ހަތިޔާރާއެކު އެތައް ހާސް ސިފައިން ސީރިޔާއަށް ފޮނުވާފައެވެ. ނަމަަވެސް އީރާނުގެ ވައިގެ ބާރު ދަށްވުމުން، ސީރިޔާގައި ވައިގެ މަގުން އަސްކަރީގޮތުން ހަރަކާތްތެރި ވަނި ރަޝިޔާއިންނެވެ.

އީރާނުގެ ވައިގެ އަސްކަރިއްޔާގައި ބޭނުންކުރަމުން އައިސްފައި ވަނީ ރަޝިޔާގެ ތަންކޮޅެއް ކުރީގެ މަތިންދާބޯޓުތަކެވެ. އަދި 1979 ވަނަ އަހަރު އިސްލާމީ އިންގިލާބުގެ ކުރިން އީރާނަށް ގަނެވައިފާ އެމެރިކާގެ ޒަމާންވީ މަތިންދާބޯޓުތަކެވެ.

އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލުމަށް އީރާނުގެ އަސްކަރީ ސިނާއަތު ވަރަށް ބޮޑަށް ތަރައްގީކުރަމުން ދާކަން ފާހަގަކޮށްލަން ޖެހެއެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.