ފައިސަލް ނަސީމަށް ފުވައްމުލަކުން ހޫނު މަރުހަބާއެއް ކިޔައިފި

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ގެ ރަނިންމޭޓް ފައިސަލް ނަސީމް އެމަނިކުފާނުގެ އުފަން ރަށް ފުވައްމުލަކަށް ވަޑައިގެންނެވުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

އެމަނިކުފާނު ރަށަށް ވަޑައިގެންނެވީ އީދު ޗުއްޓީ ހޭދަކޮށްލެވުމަށާއިމ ކެންޕޭން ކުރެއްވުމަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިދަތުރުފުޅުގައި އެމަނިކުފާނުގެ އާއިލާވެސް އަރިހުގައި ގެންދެވި ކަމަށްވެއެވެ.

ފައިސަލް ފުވައްމުލަކަށް ވަޑައިގެންނެވިއިރު އެމަނިކުފާނުގެ އިސްތުގުބާލުގައި އެރަށުގެ ގިނަ މީހުން ނުކުމެތިބިއެވެ. ފައިސަލް މިހާރު ގެންދަވަނީ އެރަށުގައި ނުވަތަ ސިޓީގައި ދޮރުން ދޮރަށް ހިންގެވުމުގެ ކެންޕޭން ފަށްޓަވައިގެންނެވެ.

މިކެންޕޭނަށް އެރަށުގެ ގެތަކުން އެމަނިކުފާނަށް ހޫނު ތަރުހީބެއްވެސް ލިބެމުންދާ ކަމަށް އެމްޑީޕިން ވަނީ ބުނެފައެވެ.

ކުރިއަށް އޮތްރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 23 ވަނަ ދުވަހުއެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނާއި، ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) އެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.