
ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޮނަސްގެ ގުޅުމުގެ ވާހަކަތައް ތުންތުންމަތީން ދެކެވެމުން އަންނަތާ 2 މަހެއް ވަރު ފަހުން މި ދެ ފަންނާނުންގެ ގުޅުން ރަސްމީ ކޮށްފިއެވެ. މި ރަސްމިއްޔަތު ބާއްވާފައިވަނީ މިއަދު ހެނދުނު އެވެ. މި ރަސްމިއްޔާތަށް ފަހު މިރޭ އޮންނަ އެންގޭޖްމަންޓް ޕާޓީ އަށް ގިނަ ތަރީންތަކަކަށް ދައުވަތު ދީފައިވެއެވެ.
ނިކް އާއި ޕްރިޔަންކާގެ އެންގޭޖްމަންޓް ރަސްމިއްޔާތަށް ނިކް އާއި ނިކް ގެ މައިންބަފައިން މުމްބާއީ އަށް ގޮސްފައިވަނީ ހުކުރު ދުވަހުއެވެ. މިރޭ އޮންނަ ހަފްލާގައި ބައިވެރިވުމަށް ގާތްގަނޑަކަށް 200 ވަރަކަށް ސެލެބްރިޓީންނަށް ދައުވަތު ދީފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.
https://instagram.com/p/BmnT2D1lSmG/