
ކޮޅުމަޑުލު (ތ.އަތޮޅު) ގެ ބައެއް ރަށްރަށަށް ކުރެއްވި ތިންދުވަހުގެ ދަތުރުފުޅު ނިންމަވައި ލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު މާލެ ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ހޯމަ ދުވަހު ފެއްޓެވި ތިން ދުވަހުގެ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެއަތޮޅު ތިމަރަފުއްޓާއި، ވޭމަންޑުއާއި، ކަނޑޫދުއާއި، ބުރުންޏާއި، ވިލުފުއްޓާއި، ދިޔަމިގިއްޔާއި މަޑިފުއްޓަށް ވަޑައިގެންފައެވެ. އެ ރަށްރަށަށް ވަޑައިގެން އެމަނިކުފާނުވަނީ ސަރުކާރުން އެރަށްރަށުގައި ހިންގެވި ތަރައްގީގެ ބައެއް މަޝްރޫއުތައް ނިންމުމުގެ ރަސްމިޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ.
މީގެ ކުރިން ވެސް އެމަނިކުފާނު ވަނީ އިތުރާއި ދެކުނުގެ ބައެއް އަތޮޅުތަކުގެ ރަށްރަށަށް ވަޑައިގެން ސަރުކާރުން ހެންގެވި ބައެއް މަޝްރޫއުތައްކުގެ ނިމުން ފާހަގަކޮށް ދެއްވައި ބައެއް މަޝްރޫއުތައް ފަށްޓަވައި ދެއްވައިފިއެވެ.