ފަރަށްއެރި ސަޕްލައި ދޯންޏަކަށް އެހީވުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި

ރ. މުރަވަންދޫން ފުރައިގެން މާލެ ދަތުރުކުރި "ޑީ ބުލޫ ކެރިއަރ" ނަމަކަށް ކިޔާ 98 ފޫޓްގެ ސަޕްލައި ދޯންޏެއް ރީތިބީޗު ރިސޯޓުގެ އިރުދެކުނުން އޮންނަ ބ.ވަންދޫމާފަރަށް އަރައިފިއެވެ.

މިމައުލޫމާތު އެމްއެންޑީއެފަށް ލިބުމާއެކު އެބޭފުޅުންވަނީ އެހީތެރިވުމަށް މަސައްކަތް ފަށްޓަވައިފައެވެ. މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ ރޭ ދަންވަރު 01:55 އެހައިކަންހާއިރުއެވެ. ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާއިން ކޯސްޓްގާޑު ލޯންޗެއްގައި ކޯސްޓްގާޑުގެ ޑައިވަރުންނާއެކު ވަނީ އެސަރަޙައްދަށް ގޮސްފައެވެ.

މި ހާދިސާ ހިނގިއިރު އެ ދޯނީގައި ތިބީ 3 ބިދޭސީންނާއި ދިވެއްސެއް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އޭގެތެރެއިން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
މި ދޯނި ފުންކުރުމަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންގެ އެހީތެރިކަމާއެކު ދޯނީގެ ވެރި ފަރާތުން ހަމަޖެއްސި އެހެން ދޯންޏެއްގެ އެހީގައި ދޯނި ފުންކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.