
ހުއިފިލަނޑާ ނަގަން އުޅުނު ދޯންޏެއްގެ ތެރޭގައިތިބި މީހުންގެ މެދުގައި ހިނގި މަރާމާރީއެއްގައި މީހެއްގެ ގަޔަށް ވަޅިހެރުމަށްފަހު ކަނޑަށް އެއްލާލައިފިއެވެ.
ފުލުހުން ވިދާޅުވީ މިހާދިސާ ހިނގާފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވަނީ ރޭ 3:06 އެހައިކަންހާއިރު ކަމަށެވެ.
އޭނާ ޒަޚަމްކޮށް އެއްލާލުމުން ވަނީ ފަތާފައިގޮސް އއ. މާޅޮހަށް އަރައިފައެވެ. އަދި އެރަށު ސިއްހީމަރުކަޒުގައި އޭނާއަށް ފަރުވާ ދިނުމަށްފަހު މިހާރުވަނީ އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ފޮނުވާފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައި ކަމަށާއި ޙާލު ސީރިއަސް ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން މިހާރު ގެންދަނީ މިމައްސަލައާ ގުޅުންހުރި ފަރާތްތަކާ ސުވާލުކޮށް މައްސަލަ ތަހުގީގު ކުރަމުންނެވެ.