
ތިލަފުށީގައި އެއްޗެއް ގޮވައި ތިންމީހަކަށް އަނިޔާ ވެއްޖެއެވެ.
މިއަދު ހެނދުނު 9:30 އެހައިކަންހާއިރު ހިނގި މިހާދިސާގައި އަނިޔާވި ތިންމީހުން މާލެ ގެނެސް މިހާރު ގެންދަނީ އައިޖީއެމްޗުގައި ފަރުވާ ދެމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މިހާދިސާގައި އަނިޔާވެފައިވަނީ ދިވެއްސަކަށާއި ދެ ބިދޭސީއަކަށް ކަމަށެވެ. އައިޖީއެމްއެޗުން ވިދާޅުވީ ތިންމީހުންނަށް މިހާރު ފަރުވާ ދެމުން ގެންދަނީ އިމަޖެންސީ ރޫމުގައި ކަމަށެވެ. "ތިން މީހުން ވެސް ވަނީ ކޮންމެ ވެސް ވަރަކަށް ފިހިފައި. ތިން މީހުން ވެސް ސްޓޭބަލް،" އައިޖީއެމްޗުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ ތިލަފުށީގައި ގޮވައިފައިވަނީ ކޮމްޕްރެޝަރެއް ކަމަށެވެ. އެ ހާދިސާ ހިނގާފައިވަނީ ވިލާއަށް ނިސްބަތްވާ ތަނެއްގައި ކަމަށް މައުލޫމާތު ލިބިފައެވެ. އެހެންނަމަވެސް ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. ފުލުހުން ވިދާޅުވީ އެބޭފުޅުންގެ ޓީމެއް މިހާރު ގެންދަނީ ހާދިސާ ތަހުގީގު ކުރުމަށްޓަކައި ތިލަފުށީގައި ހަރަކާތްތެރި ވަމުންނެވެ.