ދ. ކުޑަހުވަދޫގައި ފެންބޮޑުވުމާ ގުޅިގެން ފެން ހިއްކުމުގެ މަސައްކަތުގައި ފުލުހުން ހަރަކާތްތެރިވެއްޖެ

89e5b9a65a4b636d77fb5c77029976fbcbb72fff13d016a3e08a426b4afcebb7.0

ދ. ކުޑަހުވަދޫއަށް އިއްޔެއިން ފެށިގެން ކުރަމުން ދިޔަ ވިއްސާރާގައި ރަށުގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ ބައެއް ގޭގެއަށް ފެން ވަނުމާ ގުޅިގެން ފެން ހިއްކުމުގެ މަސައްކަތުގައި ފުލުހުން ހަރަކާތްތެރިވެއްޖެއެވެ.

އެގޮތުން ފުލުހުންނާއި ކުޑަހުވަދޫ ކައުންސިލް އިދާރާއާއި އާއްމު ރައްޔިތުންނާއި އެމް.އެން.ޑީ.އެފް ގުޅިގެން ފެން ހިއްކިމުގެ މަސައްކަތް ރޭ ވަނީ ކޮށްފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އާއްމުކޮށް ފެންބޮޑުވާ ސަރަޙައްދުތަކުގެ ގޭގޭގައި ވެލި ބަސްތާ ޖެހުމަށް އިރުޝާދު ދެވިފައިވެއެވެ.

ކުދަހުވަދޫގައި ފެންބޮޑުވުމުގެ ސަބަބުން ބައެއްގެތަކަށް ފެންވަދެ ބައެއް ތަކެއްޗަށް ގެއްލުންވެފައިވެއެވެ.

މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކުގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރެ ވެހޭނެކަމަށް މީޓިއޮރޮލޮޖިކަލް ސެންޓަރުން ވަނީ މަޢޫލޫމާތު ދިފައެވެ. އަދި ހުވަދު އަތޮޅަށާއި އައްޑު އަތޮޅަށް މިއަދު ހެނދުނު 08:00 އިން ފެށިގެން 12:00 އާ ހަމައަށް ވަނީ ޔެލޯ އެލާޓް ނެެރެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.