
ދިވެހިރާއްޖޭގެ އާބާދީގެ 40 ޕަސެންޓު މީހުންނަކީ ޒުވާނުން ކަމަށާއި އޭގެ ތެރެއިން 19 ޕަސެންޓާއި 23 ޕަސެންޓާ ދެމެދުގެ ޒުވާނުންނަކީ ވަޒީފާ ނެތް މީހުން ކަމަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޒުވާނުންނަށް ޚާއްސަކޮށްގެން މާލޭގައި މިރޭ ޖަގަހައެއް ހުޅުއްވައި ދެއްވަމުން ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީނު ވެރިކަމަށް ވަޑައިގެންނެވީ ޒުވާނުންނަށް އެތައް ވައުދެއް ވެވަޑައިގަންނަވަމުން ކަމަށެވެ. އެހެންނަމަވެސް އެވައުދުތައް ފުއްދަވަމުން ވަޑައިގަންނަވާތަން ނުފެންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ ޒުވާނުންގެ އާބާދީއަށް ބަލާއިރު ވަޒީފާނެތް ޒުވާނުންގެ ޕަސެންޓް އެހާ މައްޗަށް ދިޔުމަކީ މައްސަލައެއް ކަމަށެވެ. ވާޒީފާ ހަމަޖެއްސުމުގެ ބަދަލުގައި މިސަރުކާރުން ވަނީ ޒުވާނުން ޖަލަށްވެސް ލައިފައިކަމަށެވެ. އޭގެ ތެރޭގައި ލޯޔަރުންނާއި، ކައުންސިލަރުންވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ 9500 ޒުވާނުންނަށް ވަޒީފާ ވަޒީފާ ކަށަވަރު ކުރައްވާނެ ކަމަށް މިސަރުކާރުން ވައުދުވެ ވަޑައިގެންނެވިޔަށް އެކަންވެސް ރަނގަޅަށް ކުރިއަށް ނުގެންދެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.