ބްރެޒިލްގެ ރައީސް ޑިލްމާ ރުސެފްގެ އިތުބާރުނެތްކަމުގެ ވޯޓުލުން ހުއްޓުވޭނޭ އެއްވެސް ޖާގައެއް ނެތްކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
ކޮންގްރެސް އިން ފާސްކޮށްފައިވާ އިތުބާރުނެތްކަމުގެ މައްސަލަ ހުއްޓުވުމަށްޓަކައި ރައީސް ޑިލްމާގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިފައިވާއިރު ސުޕްރީމްކޯޓުން ޑިލްމާއާޢި ދެކޮޅަށް މި މައްސަލައިގައި އަމުރުނެރެފައިވަނީ އިއްޔެއެވެ.
މިއީ މި ވޯޓުލުން ހުއްޓުވުމަށްޓަކައި އެޅޭނޭ އެންމެ ފަހު ފިޔަވަޅުކަން ފާހަގަކޮއްލެވެއެވެ.
މި މައްސަލަ ޑިލްމަ ރުސެފެ ގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވަނީ ސަރުކާރުގެ އެޓޯރނީ ޖެނެރަލެވެ.
ބްރެޒިލްގެ ރައީސް ގެ ކޮރަޕްޝަނުގެ މައްސަލަތަކެއްގައި އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ތާވަލްކޮށްފައިވަނީ މި ފެށޭ ހަފްތާގެ އާދިއްތަ ދުވަހަށެވެ. މަޖިލީހުން މިގޮތަށް ފާސްކޮށްފައިވާއިރު، އެތަށް ސަތޭކަބަޔަކު ދަނީ ބްރެޒިލްގެ މަގުތަކުގައި އެކަމަނާ އިސްތިއުފާ ދެއްވުމަށް ގޮވާލާ މުޒާހަރާ ކުރަމުންނެވެ.
ނަމަވެސް ރައީސާ ޑިލްމާ ރުސެފްވަނީ މި ކަމަކީ ނައިބް ރައީސް އަޑީގައި ހުންނަވާ ކުރައްވަމުން ގެންދަވާ ކަމެއްކަމަށް ތުހުމަތުކުރައްވާފައެވެ.
މިއީ ބްރެޒިލްގެ ރައީސްކަން އެކަމަނާ ކުރައްވާ ތޭރަވަނަ އަހަރެވެ.