![nail](https://aafathis.mv/wp-content/uploads/2016/04/nail-512x381.jpg)
![ޢުމުރުން 18 އަހަރުގެ ނާއިލް](http://www.aafathis.mv/aafathis/wp-content/uploads/2016/04/nail.jpg)
ސްރީލަންކާގައި ކިޔަވަން ހުރި ދިވެހި ދަރިވަރަކު ކަރަންޓުގައި ޖެހިގެން މަރުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭހިނގި މިހާދިސާގައި މަރުވެފައިވަނީ މ.ކެކުރިމާގެ، ޢުމުރުން އަށާރަ އަހަރުގެ ނާއިލް އަލީ ނާހިދެވެ. އޭނާ މަރުވެފައިވަނީ ދިރިއުޅޭ ގޭގެ ބެލްކަނިން ގޭތެރެއަށް ވަންނަން އުޅުމުގެ ތެރޭގައި އަރިއަޅާލައިގެން ގޮސް ކަރަންޓް ވާގަނޑެއްގައި ހިފުމުގެ ސަބަބުންކަމަށް މައުލޫމާތުލިބިފައިވެއެވެ.
އެހެން ނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން މިކަމާއި ގުޅޭ މައުލޫމާތެއް އަދި ހަމަކޮށްފައެއްނުވެއެވެ.
ނާއިލަކީ ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިއެކެވެ.