މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުމަށް ކާށިދޫގައި ޓްރެފިކް އޮޕަރޭޝަން އެއް ކުރިޔަށް ގެންގޮސްފި

2f78d8d04f43d4bb5bf70d6f78c0cfbe778c24403e9e51a638e1a9bda8f34952

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުމަށް ކ.ކާށިދޫ ޕޮލިސް ސްޓޭޝަނުން ޓްރެފިކް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

2016 އޭޕްރީލް 12 ވަނަދުވަހު ކުރިއަށްގެންދިޔަ މި އޮޕަރޭޝަނަކީ ކާށިދޫގައި ދުއްވާ އެއްގަމު އުޅަނދު ފަހަރު ދުއްވަމުން ގެންދަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދު ތަކާ އެއްގޮތަށްތޯ ބެލުމަށާއި ކާށިދޫ ރައްޔިތުންނަކީ އެއްގަމު އުޅަނދު ފަހަރުގެ ގާނޫނަށް އަހުލުވެރިވެފައިވާ ބައެއްކަން ކަށަވަރުކޮށް ކ.ކާށިދޫގެެ މަގުތަކަކީ ރައްޔިތުންނަށް އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.

އެގޮތުން މިއޮޕަރޭޝަންގައި އެއްގަމު އުޅަނދު ފަހަރުގެ އަހަރީ ފީއާއި އިންޝުއަރެންސް ގެ އިތުރުން ރޯޑްވަދިނަސް ފުރިހަމަ ކޮށްފައި ހުރިތޯ ބަލައި ޗެކްކުރެވިފައިވެއެވެ. މި އޮޕަރޭޝަންގައި 12 އުޅަދެއް ބަލާފާސްކުރެވި 03 ފަރާތަކާމެދު އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފިޔަވަޅުއަޅާފައިވެއެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި ކާށިދޫ ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބިފައިވާ އެއްބާރުލުން ކާށިދޫ ޕޮލިސް ސްޓޭޝަނުން ޝުކުރުވެރިކަމާއެކު ފާހަގަކުރެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.