
އަނިލް ކަޕޫރް، އައިޝްވާރްޔާ ރާއީ އަދި ރާޖް ކުމާރް ރާއޯގެ ފިލްމް 'ފަންނޭ ޚާން' އޯގަސްޓު މަހުގެ 3ވަނަ ދުވަހު ސިނަމާތަކުގައި އަޅުވާނެއެވެ. އަނިލް ކަޕޫރް މިވަނީ މިހާރު ފިލްމ އިށްތިހާރު ކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން ރާޖް ކުމާރް ރާއޯ އާ އެކުވެސް އަނިލް ކަޕޫރް ދަނީ ފިލްމު އިޝްތިހާރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މިއަފު އަނިލް ވަނީ އޭނާގެ އޮންސްކްރީން ދަރިފުޅާ އެކު ފިލްމު ޕްރޮމޯޓު ކުރުމަށް ސަލްމާން ޚާން ގެ ޝޯ 'ދަސް ކާ ދަމް' އަށް ގޮސްފައެވެ. އޭނާ އާ އެކު ރާޖް ކުމާރް ރާއޯ އަދި އައިޝްވާރްޔާ ޝޯ އަށް ގޮސްފައިނުވާތީ އެވާހަކަ ކޮންމެވެސް ވަރަކަށް ބޮލީވުޑް ޚަބަރުތަކުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް އައިޝްވާރްޔާ ރާއީ މިވަގުތުވީ އާއިލާ އާއެކު ޗުއްޓީ ހޭދަކުރުމަށް ޔޫރަޕްގައެވެ. ހިންދުސްތާން ޓައިމްސް އިން މީގެ ކުރީން ކުރި ސުވާލަކަށް ޖަވާބު ދެމުން އޭނާ ބުނެފައިވަނީ އޭނާގެ މާބޮޑު ރޯލެއް ފިލްމުގައި ނެތް ކަމަށެވެ. ނމަވެސް ފިލްމު ރިލީޒް ކުރުމުން އެފިލްމު ކުޅެން އޭނާ ނިންމި ސަބަބު އެނގޭނެ ކަމަސް އޭނާ ބުނެފައިވެއެވެ.
އަނިލް ކަޕޫރް ވަނީ ސަލްމާން އާއެކު ކުޅުނު ފިލްމް 'ރޭސް 3' ވެސް 'ދަސް ކާ ދަމް' ގައި ޕްރޮމޯޓް ކޮށްފައެވެ. މިަފަހރު އެހެން ނަމަވެސް އޭނާ ފެންނަނީ މުޅީން ތަފާތު ކޮށެވެ. މިއީ ފިލްމަކަށް ތައްޔާރުވާން ގެނައި ބަދަލެއް ކަމެއް އަދި ނޭނގޭ ކަމަށް ބޮލީވުޑް ޚަބަރު ތައް ބުނެއެވެ.