
ލ. އިސްދޫގައި ރޭ ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާ ވެއްޖެއެވެ. އިސްދޫ މަގުމަތީގައި މި އެކްސިޑެންޓު ހިނގާފައިވަނީ ރޭ 11:50 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ޢުމުރުން 34 އަހަރުގެ މީހަކަށާއި، 30 އަހަރުގެ މީހަކަށާއި 21 އަހަރުގެ މީހަކަށެވެ. އެ ތިން މީހުންނަށް ވެސް މިހާރުދަނޫ ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެތަނުން އެއްކެއްގެ ކަނާތުފައިގެ ކުޑަހުޅުމަތީން ވަރަށް ބޮޑަށް ޒަޚަމްވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ދެން ތިބި ދެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ނުލިބެއެވެ.
އެކްސިޑެންޓު ހިނގީ ދެ ސައިކަލެއް ޖެހިގެންނެވެ. ޖެހިފައިވަނީ އިސްދޫއިން ކަލާދުއަށް ދަތުރުކުރި ސައިކަލަކާއި ކަލާދޫއިން އިސްދުއަށް ދަތުރުކުރި ސައިކަލެކެވެ. ކަލާދޫއިން އިސްދުއަށް ދިޔަ ސައިކަލް ދުއްވީ ނުގަވާއިދު ފަޅިން ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ގެންދަނީ މައްސަލަ މަބަލުމުން ނެވެ.