ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ނުކުންނައިރު އަޒުމަކީ ދިވެހި ރާއްޖޭގެ އިސްމީ ވަހުދަތު ދަމަހައްޓައި އިގްތިސޯދު ވަރުގަދަ ކުރުން ކަމަށް ރައީސް ޔާމީންގެ ރަނިންމޭޓް ޑރ މުޙަންމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ ޝަހީމް ވިދާޅުވީ ދިވެހި ރާއްޖޭގެ އިސްލާމީ ވަހުދަތު ދެމެހެއްޓުމާއި ތަރައްގީ ވަރުގަދަ ކުރުމާއެކު ޒުވާނުންނަށް ފަހި ފުރުޞަތުތަކެއް ހޯދައިދީ، މުސްތަގުބަލުގެ ޖީލުތަކަކީ ދިވެހި ވަންތަ، މުސްތަގިއްލު ވަރުގަދަ ހަޒާރަތެއް ރާއްޖޭގައި ގާއިމް ކުރުމަކީވެސް އިންތިޚާބަށް ނުކުންނައިރު ވަރަށް ބޮޑު އުންމީދެއް ކަމަށެވެ.
ޝަހީމް ވިދާޅުވީ އަޒުމު ގުނޑުވާ ނުލެވޭނެ ކަމަށާއި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ޕީޕީއެމުން ކާމިޔާބު ކުރާނީ ތަނަވަސް އަޣްލަބިއްޔަތާއެކު ކަމަށެވެ. އެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީންގެ ރަނިންމޭޓަކަށް ޑރ ޝަހީމް ހަމަޖެއްސެވީ މީގެ ދެދުވަސް ކުރިންނެވެ. ޕީޕީއެމުން ބުނެފައި ވަނީ ރައީސް ޔާމީންގެ ރަނިންމޭޓަކަށް ޑރ ޝަހީމް ހަމަޖެއްސުމާއެކު މުޅިރާއްޖެއަށް ޕީޕީއެމްގެ ކެމްޕޭނު ހަރަކާތްތައް ފުޅާވެގެންދާނެ ކަމަށެވެ.