
ލޯބިވެރިޔާ ނިކް ޖޮނަސް އާއި އެކު މުމްބާއީ، ގޯއާ، ލޮސް އެންޖެލިސް، ބްރެޒިލް އަދި ނިއުޔޯކުގައި ޗުއްޓީ ހޭދަ ކުރުމަށްފަހު ޕްރިޔަންކާ ޗޯޕްރާ މުމްބާއީ އަށް ގޮސްފިއެވެ. ޕްރިޔަންކާ މުމްބާއީ އަށް ދިޔައީ ސަލްމާން ޚާން އާ އެކު ކުޅޭ ފިލްމ 'ބާރާތު' ގެ ޝޫޓިން ފެށުމަށެވެ.
މުމްބާއީގައި އޭނަ ދެ ފިލްމެއްގެ މަސައްކަތް ކުރާނެއެވެ. އެއީ އަލީ އަައްބާސް ޒަފަރްގެ 'ބާރާތު' އާއި ޝޮނާލީ ބޯޒޭ ގެ ފިލްމެއްގެ މަސައްކަތެވެ. ޝޮނާލީ ބޯޒޭގެ ފިލްމުގައި ޕްރިޔަންކާ އާއެކު ލީދް ރޯލު ކުޅޭނީ ފަރްހާން އަޚްތަރު އެވެ.
މުމްބާއީ އެއަރޕޯޓުން ނުކުން ވަގުތު ފޮޓޯގްރާފަރުން ވަނީ އޭނާގެ ފޮޓޯ ނާގާފައެވެ.