
މިއަދު ފީފާ އިން އިއުލާންކޮށްފައިވާ ފީފާ ރޭންކިންގެ ސާކް ސަރަޙައްދުގެ އެއްވަނަ އަފްގާނިސްތާނަށް އަދި ދެވަނަ ދިވެހިރާއްޖެއަށް ލިބިއްޖެއެވެ.
އެންމެ ފަހުގެ ސާފް ޗެންޕިއަންޝިޕްގެ ފައިނަލުގައި އިންޑިޔާއިން ބަލިކުރި އަފްޣާނިސްތާނަށް އެއްވަނަލިބުނީ ހަތަރު ޕޮއިންޓްގެ ކުރިއެރުމަކާއެކު ތާވަލްގެ 147 ވަނައިގައި އޮތުމުންނެވެ. ދިވެހިރާއްޖެ އުޅެނީ ރޭންކިންގެ 160 ވަނައިގައެވެ. އަދި އަވަށްޓެރި އިންޑިޔާ އުޅެނީ ތާވަލްގެ 162 ވަނައިގައެވެ. ތާވަލްގެ ހަތަރު ވަނައިގައި ބަންގްލަދޭޝް 177 ވަނަ ލިބިގެން އޮތްއިރު ނޭޕާލް އުޅެނީ ތާވަލްގެ 179 ވަނައިގައެވެ. ސާކް ޤައުމު ތަކުގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވާ ޤައުމަކީ ބޫޓާނެވެ. ބޫޓާންއަށްވަނީ ހަތް ދަރަޖައިގެ ކުރިއެރުމެއް ލިބި ތާވަލްގެ 186 ވަނަ ލިބިފައެވެ. އެހެންނަމަވެސް ޕާކިސްތާނު ތިން ދަރަޖަ ފަހަތައް ޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ.
މިފަހަރުގެ ދުނިޔޭގެ އެއްވަނަ އާޖެންޓިނާ ހޯދާފައިވާއިރު ދެވަނައިގަ ބެލްޖިއަމް އަދި ތިން ވަނައިގައި އުޅެނީ ޗިލީއެވެ. އެހެންނަމަވެސް ދުނިޔޭގެ އެއްވަނަ ޓީމް ކަމުގައިވާ ޖަރުމަން އުޅެނީ ރޭންކިންގެ ފަސްވަނާގައެވެ.