
ޝާހް ރުކް ޚާން އާއި ސަލްމާން ޚާން އަކީ ބޮލީވުޑްެގެ ޚާނުންގެ ތެރެއިން އެކަކު އަނެެކަކަށް އަބަދުވެސް އެހީވާ ދެ ތަރީންނެވެ. މި ދެތަރީންގެ މެދުގައި މީގެ ކުރީން މައްސަލަތަކެއް ޖެހި ދުވަސްކޮޅަކު ދުރުގައި ތިބުމަށް ފަހު މިހާރު ވަނީ އަލުން ގުޅުން ބަދަހިވެފައެވެ. ޝާހް ރުކް ޚާން ގެ ކުރިއަށް އޮތް ފިލްމް 'ޒީރޯ' ގައި ވެސް ސަލްމާން ގެ ޚާއްޞަ ފެނިލުމެއް ހިމަނާފައިވެއެވެ.
ސޮނީ އިން ދުރަށް ދައްކާ ޝޯ 'ދަސް ކާ ދަމް' ހުށަހަޅައިދެނީ ސަލްމާން ޚާން އެވެ. މި ޝޯގެ އެކި އެޕިސޯޑުތަކަށް މަޝްހޫރު ތަރީންނަށް ދައުވަތު ދީފައިވެއެވެ. ނަމަވެސް ބޮލީވުޑް ޚަބަރުތައް ބުނާ ގޮތުން ޝޯގެ ފަހު އެޕިސޯޑު ވަނީ ޝާހް ރުކް ޚާން އަށް ރިޒާވް ކޮށްފައެވެ. މިއީ ސަލްމާން އާއި ޝާހް ރުކް އަށޤ ތާއީދުކުރާ މީހުންނަށް ވަރަށް އުފާވެރި ޚަބަރަކަށް ވާނެއެވެ.