
އދ. ފެންފުށިން ގެއްލިގެން ހޯދަމުންދިޔަ އެރަށު ޕޭންޒީގޭ އަދުނާން އަހުމަދު ކަނޑު މަތިން ފެނިއްޖެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އޭނާ ފެނިފައިވަނީ މިރޭ 7:16 އެހައިކަންހާއިރު "ރާސްތާ 2" ނަމަކަށް ކިޔާ އަލިފުށީ ދޯންޏަކަށް ކަމަށް އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަމް އިބްރާހީމް އާޒިމް ވިދާޅުވިއެވެ.
އަދުނާނު ފެނުނީ ފެންފުށީގެ ހުޅަނގު ދެކުނުން 20 ނޯޓިކަލް ބޭރުން ޑިންގީގައި ހުއްޓައެވެ. އޭނާ ފެނުނުއިރު ހާލު ރަނގަޅު ކަމަށްވެސް އާޒިމް ވިދާޅުވިއެވެ. މިހާރު އޭނާ ވަނީ ފެންފުށީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
އުމުރުން 29 އަހަރުގެ އަދުނާން ގެއްލިގެން ފުލުހުންނަށް އަންގައިފައިވަނީ އިއްޔެ ހަވީރު 5:15 އެހައިކަންހާރު އެވެ.