
އިހި ނަގަން ފޭބި ދެމީހަކަށް ވީގޮތެއް ނޭނގިގެން އެމީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓުގާޑު ޑައިވަރުން ކުރަމުންދަނިކޮށް އެމީހުން ފެނިއްޖެއެވެ.
އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހީމް ޢާޒީމް ވިދާޅުވީ އެމީހުން ފެނިފައިވަނީ އެމީހުން އިހިނަގަންދިޔަ ދޯނީގެ މީހުންނަށް ކަމަށެވެ. އެ ދެމީހުންގެ ޙާލު ރަނގަޅު ކަމަށް ޢާޒިމް ވިދާޅުވިއެވެ.
އެ ދެ މީހުންނަށް ވީގޮތެއް ނޭނގިގެން އުޅޭ ޚަބަރު އެމްއެންޑީއެފް ކޯސްޓުގާޑަށް ލިބިފައިވަނީ މިއަދު 1:40 އެހައިކަންހާއިރު ކަމަށް ޢާޒިމް ވިދާޅުވިއެވެ. އިހި ނަގަން ފޭބީ ދެ ދިވެހިންނެވެ. އެމީހުން ފައިބައިފައިވަނީ ހދ. ވައިކަރަމުރައިދީ ގެ ދެކުނު ފަރާތަށް ކަމަށް ވެސް ޢާޒިމް ވިދާޅުވިއެވެ. އެ މީހުން އިހި ނަގަން ފީނައިފައިވަނީ މިއަދު 11:45 އެހައިކަންހާއިރު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.