ނެރެވުނު ވަރަކަށް ކެންޑިޑޭޓުން ނެރޭ، ޖެހުނު ގޮތަކަށް ހިސާބު ޖަހާ، ރައީސް ޔާމީން 52 ޕަސެންޓް ހޯދާނެ- ނިހާން

އިދިކޮޅުން ނެރެވުނު ވަރަކަށް ރިޔާސީ ކެންޑިޑޭޓުންނާއި ރަނިންމޭޓުން ނެރުއްވުމަށާއި ކިތަންމެ ވަރަކަށް ކެންޑިޑޭޓުން އިދިކޮޅުން ނެރުއްވި ކަމަށްވިޔަސް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރައްވާނެ ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ.

އިދިކޮޅުން އެއްކެންޑިޑޭޓް ނެރުމަށް އެއްބަސްވުމާއެކު ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ހިސާބު ޖަހަންވީ ގޮތަކަށް ޖަހަންވީ ކަމަށެވެ. އަދި ނެރެވުނު ވަރަކަށް ރިޔާސީ ކެންޑިޑޭޓުންނާއި ރަނިންމޭޓުންވެސް ނެރެންވީ ކަމަށެވެ. ނަމަވެސް ރިޔާސީ އިންތިޚާބު ރައީސް ޔާމީން ކާމިޔާބު ކުރައްވާނީ 52 ޕަސެންޓް ވޯޓުން ކަމަށް ނިހާން ވިދާޅުވިއެވެ. ނިހާން ވިދާޅުވީ ދިވެހި ރައްޔިތުން މިހާރު ތަރައްގީއަށް ނޫނެކޭ ނުބުނާނެ ކަމަށެވެ.

"2018 ރިޔާސީ އިންތިޚާބު ﷲ ގެ އިރާދަފުޅާ މިންވަރުފުޅާއެކު ރައީސް ޔާމީން 52 ޕަސެންޓުން ކާމިޔާބު ކުރައްވާނެ" ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ޑިމޮކްރަސީގެ ނަމުގައި ފާއިތުވީ 13 އަހަރު ދުވަހު އެމްޑީޕީ ގެނެސްދިނީ ގެއްލުމާއި ހަލާކު ކަމަށެވެ. ނަމަވެސް ފާއިތު ވެގެން މިދިޔަ 5 އަހަރު ދުވަހު ދިވެހި ގައުމު ރައީސް ޔާމީން ތަރައްގީ ކުރެއްވި މަންޒަރު ދިވެހިން ލޮލުންދެކި، އަތުން ހިފާފައިވާ ކަމަށްވެސް ނިހާން ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭން ޕީޕީއެމުން ރައީސް ޔާމީނާއެކު މިހާރު ފަށާފައިވާއިރު ކުރިޔަށް އޮތް ދައުރު އެމަނިކުފާނުގެ ރަނިންމޭޓެއް އަދި އިއުލާނެއް ނުކުރައްވައެވެ. އަނެއްކޮޅުން އިދިކޮޅުން މިހާރު އެއްބަސްވެފައި ވަނީ އެއްކެންޑިޑޭޓް ނެރޭށެވެ. ނަމަވެސް އިދިކޮޅުން ނުކުންނަވާ ކެންޑިޑޭޓާއި ރަނިންމޭޓްވެސް އަދި ކަށަވަރު ނުވެއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.