އިންޑިއާގެ ރީތީގެ ރާނީ އަކަށް ތަމިލް ނާޑޫގެ އަނުކްރީތީ ވާސް ހޮވައިފި

މިސް އިންޑިއާ 2017 މަނޫޝި ޗިލަރ މިއަހަރުގެ މިސް އިންޑިއާގެ ބޮލުގައި ތާޖު އަޅުވަނީ

މިއަހަރުގެ އިންޑިއާގެ ރީތީގެ ރާނީއަކަށް ތަމިލް ނާޑޫގެ ކޮލެޖެއްގެ ދަރިވަރަކު ހޮވައިފިއެވެ. ރީތީގެ ރާނީއަކަށް ހޮވިފައިވަނީ އުމުރުން 19 އަހަރުގެ އަނޫކްރީތީ ވާސް އެވެ. އަނޫކްރީތީ ވާސް އިންޑިއާގެ ރީތީގެ މުބާރާތަށް ހޮވިފައިވަނީ 'ފެމިނާ މިސް ތަމިލް ނާޑޫ' ގައި ވާދަކޮށް އެމުބާރާތް ކާމިޔާބު ކޮށްގެންނެވެ.

މިސް އިންޑިއާގެ ފިނާލޭ ބާއްވާފައިވަނީ އަންގާރަ ދުވަހުގެ ރޭ މުމްބާއީގައެވެ. މި ރަސްމިއްޔާތު ހުށަހަޅައިދިނީ ފިލްމު ޕްރޮޑިއުސަރު، ކަރަން ޖޯހަރް އާއި ފިލްމީ ތަރި އަޔުޝްމަނކް ކުރާނާއެވެ.

އަނޫކްރީތީގެ ބޮލުގައި ރީތީގެ ރާނީގެ ތާޖު އެޅުވީ މަނޫޝީ ޗިލަރ އެވެ. މަނޫޝީ އަކީ 2017 ވަނަ އަހރުގެ މިސް އިންޑިއާ އަދި މިހާރު ދުނިޔޭގެ ރީތީގެ ރާނީ އެވެ. މުބާރާތުގެ ފުރަތަމަ ރަނަރ-އަޕް އަކަށް ހޮވިފައިވަނީ ހަރިޔާނާގެ މީނާކްޝީ ޗޯދްރީ އެވެ. އަދި ދެވަނަ ރަނަރ-އަޕް އަކީ އަންދްރަ ޕްރަދޭޝްގެ ޝްރެޔާ ރާއޯ އެވެ.

View this post on Instagram

I cannot believe it’s already been a year! Congratulations to the three winners of Miss India 2018. Dearest Anukreety, you have started a new chapter which will be the biggest adventure of your life. You will learn, grow and get to see so much! Don’t be afraid of the change nor get carried away. You are going to be “India” at Miss World 2018. Remember I’m just a phone call away. All the best! Sana and Priyanka, this wouldn’t have been even half as fun without the two of you. Thank you for being my family and sticking by me. I love you guys ❤️ Being a judge wasn’t the easiest task because I was on the same stage last year. But I am so happy for all the 30 girls who have represented their respective states so well! You are all going home with not just fond memories, but learning which will help you in whatever field you choose. Last but never the least, INDIA ?? thank you for accepting me as you Miss India and giving me all the love.

A post shared by Manushi Chhillar (@manushi_chhillar) on

މަލާއިކާ އާއި މަނޫޝިގެ އިތުރުން ޖަޖުންގެ ޕެނަލް ގައި ކްރިކެޓް ކުޅުންތެރީން ކަމުގައިވާ އިރްފާން ޕަތާން އާއި ކޭ.އެލް ރާހުލް އާއި ފިލްމީ ތަރީން ކަމުގައިވާ ބޮބީ ޑެއޯލް އާއި ކުނާޅް ކަޕޫރް ހިމެނެއެވެ. މި ރަސްމިއްޔާތުގައި މަދޫރީ ޑިކްސިޓް އާއި ކަރީނާ ކަޕޫރް އަދި ޖެކްލީން ފެނާންޑޭޒް ގެ ހުށަހެޅުންތައް ފެނިގެން ދިޔައެވެ.

އިންޑިއާގެ ރީތީގެ ރާނީ އަށް ހޮވުމާއި ގުޅީގެން މިއަހަރުގެ ދުނިޔޭގެ ރީތީގެ މުބާރާތުގައި އިންޑިއާ ރަމްޒުކުރާނީ އަނޫކްރީތީ ވާސް އެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.