އިންޑިއާ ކަނޑުގެ ސިފައިންނާއި ދިވެހި ސިފައިންގެ ކޯސްޓްގާޑު ގުޅިގެން ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލުމުގެ ޚާއްސަ އޮޕަރޭޝަނެއް މިއަދު ފަށައިފިއެވެ.
މި އޮޕަރޭޝަން މިއަދު ފަށައިފައިވާ ކަމަށް އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވިޔަސް އޮޕަރޭޝަން ކުރިއަށް ގެންދަނީ ކިތައް ދުވަހަށް ކަމާއި، އޮޕަރޭޝަނުގައި ބެލުމަށް ހަމަޖެހިފައިވަނީ ކިހާ ސަރަހައްދެއް ކަމެއް ވިދާޅެއް ނުވެއެވެ.
ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން ގުޅިގެން މިފަދަ އޮޕަރޭޝަންތައް ހިންގުމަކީ އާންމު ކަމެކެވެ. ހުސްވި މަހުވެސް މިފަދަ އޮޕަރޭޝަނެއް ވަނީ ހިންގައިފައެވެ.
މިއަދު އޮޕަރޭޝަން ފެށީ ރާއްޖެއާއި އިންޑީއާގެ ގުޅުން ރަނގަޅު ނޫން ކަމުގެ އަޑުތައް އާންމު ވެފައިވާ ދަނޑިވަޅެއްގައެވެ.