ސައިފް އަލީ ޚާންގެ އިންޓަރޕޯލް މައްސަލަ: ބަލްގޭރިއާގެ ކުންފުންޏަކަށް ދައްކަން ޖެހޭ 10،000 ޔޫރޯ އާ ބެހޭގޮތުން ސުވާލު އުފައްދައިފި

ރޫމޭނިޔާގައި ޝިކާރާކުރި މައްސަލައަކާ ގުޅިގެން އިންޓަޕޯލް ނޯޓިސް ނެރުނުތާ މާގިނަ ދުވަހެއް ނުވަނީސް އެހެން މައްސަލައެއް ފެންމަތި ވެއްޖެއެވެ. 2013ވަނަ އަހަރު ސައިފް ޝީކާރަ ކުރަން ދިޔަ ދަތުރު އިންތިޒާމު ކުރި ފަރާތުން ބުނާ ގޮތުގައި ސައިފް ކުންފުންނަށް ދައްކަން ޖެހޭ ފައިސާ ސައިފް އަދިވެސް ނުދައްކައެވެ. މުޅީ ދަތުރެ ޚަދަކީ 24، 000 ޔޫރޯ ހަމަވެސް އޭނާ ދައްކާފައިވަނީ 14،000 ޔޫރޯ އެވެ. ބާކީ 10،000 ޔޫރޯގެ ސަބަބުން ސައިފް އާއި ސައިފްގެ ޓީމަށް މިވަނީ އިތުރު މައްސަލަތަކެއް ކުރިމަތިވެފައެވެ.

ރިޕޯތުތައް ބުނާގޮތުން ސަައިފްގެ ޓީމުން 14،000 ޔޫރޯ ދައްކާފައިވަނީ ނަގުދު ކޭޝްގެ ގޮތުގައެވެ. ޝީކާރަ ގޭމް ނިމި ސައިފް އެނބުރި ސިޓީއަށް ދިއުމުން ބާކީ ފައިސާ އާ ބެހޭ ގޮތުން ސައިފްގެ ޓީމާ ސުވާލު ކުރިއެވެ. ޓިމުން ބުނިގޮތުގައި އެމީހުން ޖޯޖީ ނަމަކަސް ކިޔާ މީހާކާ ފައިސާ ހަވާލުކުރިއެވެ.

ޖޯޖީ އަކީ ސައިފް އާއި އޭނާގެ ޓީމާ އެކު ޝީކާރަ ދަތުރުގައި ބަލްގޭރިއާ އަށް ދިޔަ މީހާ އެވެ. ރިޕޯޓުގައް ބުނާގޮތުން ބަލްގޭރިއާ އިން ދަނީ މި މީހާ ހދުމުގެ މަސައްކަތް ކުރަމުންނެވެ.

ޝީކާރަ ކުރި މައްސަލައާ ގުޅިގެން އިންތާރޕޯލްގެ ނޯޓިސް އާއެކު ސައިފްއަށް 15 ސުވާލުގެ ކަރުދާހެއްވަނީ ފޮނުވާފައެވެ. މި ސުވާުކުރަދާސް ފރުިހަމަ ކުރަންޖެހެނީ ސައިފް އަމިއްލައަށެވެ. އަދި ސުވާޅު ކަރުދާސް ފުރިހަމަކުރުމަށް ފަހު އަނބުރައި ބަލްގޭރިއާ އަސް ފޮނުވަން ޝަރުތުކޮށްފައިވެއެވެ. އިންޓަރޕޯލްގެ އެދުމަކަށް މުމްބާއީގެ ފުލުހުން ވަނީ މިމައްސަލަ އާއި ގުޅިގެން ސައިފްއާ ސުވާލުކޮށްފައެވެ. ނަމަވެސް އޭނާގެ ފަރާތުން ބަޔާނެއް ލިބިފައިވާ ނުވާކަމަށް ފުލހުންވަނީ މީޑިއާއަށް މައުލޫމާތު ދީފައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.