ސައުދީއަށް ޔޫތް މިނިސްޓްރީގެ ނައިބުކަން ދެއްވައިފި

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ކުރިން ހުންނެވި އަޙްމަދު ސައުދީއަށް ކުޅިވަރާއި ޒުވާނުންނާބެހޭ މިނިސްޓަރީގެ ނައިބު ކަމުގެ މަގާމު ދެއްވައިފިއެވެ.

ފެބްރުއަރީ 1 ގެ ސުޕްރީމް ކޯޓުގެ އަމުރާއި ގުޅިގެން ހިނގައިދިޔަ ކަންތައް ތަކުގެ ތެރެއިން ފުލުހުންގެ ވަޒީފާ ގެއްލުނު ސައުދީ އެދުވަސްވަރު ފުލުހުންގެ މުއައްސަސާ ހިންގުމާވެސް ހަވާލުވެ ހުންނެވިއެވެ. އެއީ އެދުވަސްވަރު ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް މަގާމުން ވަކިކުރެއްވުމަށް ފަހުއެވެ. ނަމަވެސް އަރީފު ވަކިކޮށް ސައުދީއަށް ފުލުސް އޮފީސް ހިންގުން ހަވާލުކުރެއްވިތާ މާގިނައިރު ތަކެއް ނުވެ އޭނާއަށްވެސް ވަނީ ފުލުހުންގެ ވަޒީފާ ގެއްލިފައެވެ.

ފުލުހުންގެ އިސްމަގާމެއްގައި ހުންނެވި ސައުދީ ޔޫތް މިނިސްޓަރީގެ ނައިބު ކަމަށް ހަމަޖެއްސެވިއިރު އެ މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި ސައުދީއަށްވުރެ މަތީގައި ކުރިން ކޮމިޝަނަރ އޮފް ޕޮލިސް ކަންކުރެއްވި ބޭފުޅަކުވެސް އެބަހުންނެވިއެވެ. އެއީ ކުރީގެ ޕޮލިސް ކޮމިޝަނަރ ޙުސައިން ވަޙީދެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.