ބޮލީވުޑްގައި އުޅެވޭނީ ވަރަށް ހިތް ހަރު ވެގެން: ސަޔަމީ ޚޭރް

ސަޔަމީ ޚޭރް ގެ ފުރަތަމަ ބޮލީވުޑް ފިލްމަށް ރިލީޒް ކުރިތާ ދެ އަހަރު ފަހުން ރިތޭޝް ދޭޝް މުކް އާ އެކު މަރާތީ ފިލްމެއް ކުޅުމަށް އޭނާ މިވަނީ ސޮއި ކޮށްފައެވެ. ސަޔަމީގެ ފުރަތަމަ ފިލްމަކީ ހަރްޝްވަރްދަން ކަޕޫރް އާ އެކު އޭނާ ކުޅުނު 'މިރްޒިޔާ' އެވެ. މިރްޒިޔާ އަށް ދެ އަހަރު ވީ އިރު އޭނާ ހިންދި ދެ ފިލްމަކަށް ސޮއި ކުރިއެވެ. ނަމަވެސް އެ ދެ ފިލްމުވެސް ވަނީ މިހާރު ޑިލޭ ވެފައެވެ.

ސަޔަމީ ފިލްމީ ދާއިރާ އަށް ނިކުތީ 2015ވަނަ އަހަރު ރިލީޒް ކުރެވުނު ތެލުގޫ ފިލްމް "ރޭ" އިން ނެވެ. އޭގެ ފަހުން ބޮލީވުޑް ފިލްމެއް ކުޅުމަށްފަހު އޭނާ އަނެއްކާވެސް ސަރަހައްދީ ފިލްމެއް ކުޅެން ސޮއި ކުރުމާ ގުޅިގެން މީޑިއާ އިން ކުރި ސުވާލުތަކަށް ސަޔަމީ ވަނީ ޖަވާބު ދީފައެވެ. މާރާތީ ފިލްމެއް ކުޅެން އޭނާ ސޮއި ކުރީ އޭނާގެ މާމަ އުޝާ ކިރަން އަކީ މަރާތީ އިންޑަސްޓްރީ ގައި ވަރަށް މަގްބޫލު ނަމަކަށް ވީމާ ކަމަށެވެ. އަދި ބޮލީވުޑަށްވުރެ ސަރަހައްދީ ފިލމުތަކުން މާ ބޮޑަށް މީހުން ބަލައިގަންނަ ކަމަށް އޭނާ ބުނެފައިވެއެވެ.

މީޑިއާ އާއި ވާހަކަ ދައްކަމުން ސަޔަމީ ބުނީ އެއްވެސް މީހަކު އެމީހެއްގެ ފައިސާ އޭނާ ކަހަލަ މީހަކަށް ޚަރަދުކުރާކަށް ބޭނުމެއް ނުވާނެއެވެ. އޭނާގެ ބޮލީވުޑް ފިލްމަށް ފިނި ތަރުހީބެއް ލިބުމުން އޭނާގެ ހަގީގީ އެކުވެރިންނާ ހެޔޮ އެދޭ މީހުން ފާހަގަ ކުރެވުނު ކަމަށް ސަޔަމީ ބުނެފައިވެއެވެ. ސަޔަމީ ސިފަކުރާ ގޮތުގައި ކަމަކާ ކުރިމަތިލައި އެކަމަކުން ފޭލިވުމަކީ ހަޔާތުގައި ލިބޭ މުހިއްމު ފިލާވަޅެއް ކަމަށް ވެސް ސަޔަމީ ބުނެފައިވެއެވެ. މިރްޒިޔާ އަށް ފަހު އޭނާ ޑިޕްރެޝަން އަށް ދިޔަ ކަމަށާއި އެކަމުން އަރައިގެނެވުނީ އާއިލާ އާއި އިޚްލާސްތެރި ރައްޓެހިންގެ އެހީތެރިކަމާ އެކު ކަމަށްވެސް އޭނާ ބުނެފައިވެއެވެ. އަދި އޭނާ އަކީ ކުޅިވަރު ކުޅޭ މީހަކަށް ވުމުން ޑީޕްރެޝްނ އިން ކުޅޫމުގައި ގިނަ ވަގުތު ހޭދަކުރި ކަމަށް ސަޔމީ ބުނެފައިވެއެވެ. މީޙުން ތިމާ ބަލައިނުގަތުމަކީ މީހާ ޑިޕްރެޝަން އަށް ވެއްޓޭ ކަމެއް ކަމަށްވެސް ސަޔަމީ ބުނެފައިވެއެވެ.

ސަޔަމީ ބުނެފައިވާ ގޮތުގައި ބޮލީވުޑްގައި އުޅެވޭނީ ވަރަށް ހިތް ހަރު މީހުންނަށެވެ. މިރްޒިޔާ އިުއލާޏް ކުރުމާ އެކު ގިނަ ރައްޓެހިން ތަކެއް އޭނާ އަށް ލިބުނެވެ. އަދި ފިލްމުތަކުގައި އޭނާ ކާސްޓް ކުރުމަށް ފިލްމު އުފައްދާ މީހުން ބޭނުންވެ އޮޑިޝަންވެސް ބޭއްވިއެވެ. ނަމަވެސް ގިނަބަޔަކށް އޭނާގެ އަށް ގުދުރަތުން ލިބިފައިވާ ސިފަ ކަމަކު ނުދިޔައެވެ. އޭނާގެ ދަތްތައް މާ ބޮޑު ކަމަށާއި ނޭފަތާޢި ތުންފަތުގެ ސާޖަރީ ހަދަން ޖޭހެ ކަމަށް އެމީޙުން ބުނެފައިވާ ކަމަށް ސަޔަމީ ބުނެފައިވެއެވެ. ނަމަވެސް އެމީހުންނަށް ސަޔަމީ ދިން ޖަވާބަކީ ގުދުރަތުން އޭނާ އަށް ލިބިފައިވާ ސިފަތަކާ މެދު އޭނާ ޝުކުރވެރވާ ކަމަށް ކަމަށްވެސް ސަޔަމީ ބުނެފައިވެއެވެ. ނަމވެސް ސަޔަމީ އޭނާ އަށް ލިބުމާ އެކު ސާޖަރި ހަދަން ބުނި މީހުންނަށޤވެސް އޭނާ ރިތިވީކަމަށް ސަޔަމީ ބުންޏެވެ.

ސަޔަމީ ވަނީ އޭނާ އެންމެ ކުޅޭ ހިތްވާ ރޯލަކީ ކޮބައިކަންވެސް މީޑިއާ އާ ހިއްސާ ކޮށްފައެވެ. އޭނާ އެންމެ ކުޅެން ބޭނުންވަނީ ސްޕޯޓް ބަޔޯޕިކް އެކެވެ. ކުޅިވަރު ކުޅޭ މީހަކު އެފަދަ ރޯލަކަށް ފިޓްވާޏެ ކަމަށް އޭނާ ގަބޫލުކުރެއެވެ. އަދި އެކްޝަން ފިލްމެއްގައި މަސައްކަތް ކުރަން ބޭނުްނކަމަށް ވެސް ސަޔަމީ ބުނެފައިވެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.