ހީރޯޝީމާއަށް ވައްޓާލި ބޮމަށްވުރެ 160 ގުނަ ބާރުގަދަ މިސައިލް ތަޖުރިބާއެއް ރަޝިޔާއިން ކޮށްފި

ދެވަނަ ބޮޑު ހަނގުރާމައިގައި އެމެރިކާއިން ހީރޯޝީއަށް ވައްޓާލި ނިއުކުލިޔާ ބޮަމަށްވުރެ 160 ގުނަ ބާރުގަދަ މިސައިލް ތަޖުރިބާއެއް ރަޝިޔާއިން ކޮށްފިއެވެ.
އެމެރިކާގެ ސައިންސުވެރިންގެ ޖަމުއިއްޔާގެ ސައިންސުވެރިއެއް ކަމުގައިވާ ހާންސް ކްރިސްޓެންސެންއާ ހަވާލީ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި ބުލާވާ މަރުކާގެ ހަތަރު މިސައިލް ސަބްމެރިންއަކުން ފޮނުވާލައިގެން ކުރި މި ތަރުރިބާގެ ބާރުގަަދަކަން 2400 ކިލޯޓަނަށް އަަރައެވެ. މިއީ ހީރޯޝީމާ ބިމާ ހަމަކޮށްލިި ބޮމުގެ 160 ގުނައެވެ.
މި ތަޖިރިބާ ކޮށްފައި ވަނީ ރަޝިޔާގެ ޔޫރަޕު ފަޅީގެ އުތުރުން ހުދު ކަނޑުގައި އޮތް ކޭ-535 ޔޫރީ ޑޮލްގޮރުކީ ސަބްމެރީނުން ރަޝިޔާ އެންމެ އިރަށް އަމާާޒުކޮށް ހަތަރު އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް އެއްފަހަރާ ފޮނުވާލައިގެންނެވެ. މިމިސައިލްތައް ކާމިޔާބުކަމާއެކު އޭގެ އަމާޒަށް ވާސިލުވެފައިވާ ކަމަށް ރަޝިޔާއިން ބުނެއެވެ. ރަޝިޔާއިން ވަނީ މި ތަޖުރިބާގެ ވީޑިއޯއެއްވެސް އާއްމުކޮށްފައެވެ.
ރަޝިޔާގެ އަސްކަރިއްޔާ ޒަމާނީކުރުމުގެ މަޝްރޫއުގެ ދަށުން ރަޝިޔާގެ ސަބްމެރީންތައް ދަނީ އާކުރަަމުންނެވެ. މި ތަޖުރިބާގައި ބޭނުންކުރި ސަބްމެރީނަކީ 16 މިސައިލު އެއްފަހަރާ ފޮނުވަލުމުގެ ގާބިލުކަން ހުރި ސަބްެމެރީނެއް ކަަމަށް ރަޝިޔާއިން ބުނެއެވެ. އެއީ 13 މީޓަރު ފުޅާ، 160 މީޓަރު ދިގު، 24000 ޓަނު އުފުލޭ ސަބްމެރީނެކެވެ.
އެމެރިކާގެ ސައިންޓިސްޓުން ލަފާކުރާ ގޮތުގައި ތަޖުރިބާގައި ބޭނުންކުރެވުުނު 4 މިސައިލަށް 24 ނިއުކުލިޔާ ބޯ އުފުލޭނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.