ފަތުރުވެރިންނާއެކު ފަރަށް އެރި "މުޒައިފް" ފުންކޮށްފި

ސަތާރަ ފަތުރުވެރިންނާއެކު ބ.ހަނިފަރު ފަރަށް "މުޒައިފް" ނަމަކަށް ކިޔާ ސަފާރީއަކާއި އޭގެ ޑައިވިންގ ދޯނި އެރުމުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ސަފާރީއާއި ދޯނި ފުންކޮށްފިއެވެ.

މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ ރޭ ފަތިހު 04:42 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެމައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑްގެ އެހީގެ މަސައްކަތް ފަށައިފައެވެ.
މިގޮތުން އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކްއޯޓާރޒްގައި ބޭނުންކުރާ ހާބަރ ކްރާފްޓް ލޯންޗް ވަނީ ޕަމްޕާއި ޑައިވަރުންގެ ޓީމަކާއެކު ދޯނި ފުންކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވެފައެވެ. މި ހާދިސާގައި ފަރަށް އެރި ސަފާރީ އާއި އޭގެ ޑައިވިންގ ދޯނި ފުންކުރެވިފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ކުރި މަސައްކަތުން މިއަދު 07:58 އެހައިކަންހާއިރު ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ހާދިސާގައި ބ.ހަނިފަރު ފަރަށް އެރި "މުޒައިފް" ސަފާރީގައި 17 ފަތުރުވެރިންނާއި 17 ފަޅުވެރިން ތިބި ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވިދާޅުވެފައިވެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.