
ދޫނިދޫ ހުޅަނގުފަރާތު ފަރަށްއެރި ދޯންޏެއް ފުންކުރުމުގެ މަސައްކަތް އެމްއެންޑީއެފްއާއި ފުލުހުން ގުޅިގެން ކުރަން ފަށައިފިއެވެ.
ބަނިޔަން 3 ނަމަކަށް ކިޔާ ދޯނި ފަރަށް އެރިކަމުގެ މައުލޫމާތު މިރޭ 20:00 ގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެއީ 85 ފޫޓުގެ ސަޕްލައި ދޯންޏެކެވެ. ހާދިސާ ހިނގި އިރު އޭގައި ތިބި 4 ދިވެހީންނާއި ބިދޭސީއަކާއެކު ޖުމްލަ 5 މީހުންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
މިދުވަސްވަރު ރާއްޖެއަށް ވިއްސާރަ ކުރާނެތީ ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.