އާފަތިސް ރޯދަ ބަދިގެ: ސްޓަފްޑް ޕަމްކިން

ސްޓަފްޑް ޕަމްކިން

މި ރެސިޕީއަށް 1/3 ޖޯޑު ބަތް ކައްކަން ވާނެއެވެ.

ބޭނުންވާނެ ތަކެތި:

ކުދި 2 ބަރަބޯ

1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް

1 ފިޔާ، ކުދިކޮށް ކޮށާފައި

2 ލޮނުމެދު، ޗަސްކޮށްފައި

2 މޭޒުމަތީ ސަމުސާ ދިރި، މުގުރާފައި

1 ސައިސަމުސާ ކޮތަނބިރި، މުގުރާފައި

2 ސައިސަމުސާ ޕެޕްރިކާ، މުގުރާފައި

1 ސައިސަމުސާ ރީނދޫ

3 ޓޯމާޓޯ، ކުދިކޮށް ކޮށާފައި

1 ސައިސަމުސާ ހަކުރު

1 ޖޯޑު ބަތް

3/4 ޖޯޑު ބީންސް، ކުދިކޮށް ކޮށާފައި

1 މޭޒުމަތީ ސަމުސާ ކޮތަނބިރި ފަތް، ކުދިކޮށް ކޮށާފައި

ތައްޔާރުކުރާނެ ގޮތް:

1. ބަރަބޮލުގެ މަތި ކަނޑާފައި ސަމުސަލަކުން އެތެރޭގައި ހުރި އޮށް ނަގައި ބޭރު ތޮށިގަނޑުގައި 1 ސެންޓިމީޓަރު ހުންނަ ވަރަށް ސާފުކުރާށެވެ.

2. އުނދުން މައްޗަށް ތަވައެއް އުދައި ތެޔޮ ކޮޅު ހޫނު ކުރާށެވެ. އޭގެ ތެރެއަށް ފިޔަ އާއި ލޮނުމެދާއި، ހަވާދުގެ ބާވަތްތައް އެއްކޮށް ފިޔާ ކޮޅު މަޑުވަންދެން ކައްކާށެވެ. ފިޔާކޮޅު މަޑުވުމުން ޓޮމާޓޯ އާއި ހަކުރު ކޮޅު އަޅައިގެން 10 ވަރަކަށް މިނިޓް ވަންދެން ކައްކާށެވެ.

3. އުނދުނުން ބޭލުމަށް ފަހު ބަތާއި ބީންސް އާއި އެއްކުރާށެވެ. އެއްކޮށްފައި ކުރީން ތައްޔާރުކޮށްފައި ހުރި ބަރަބޮލުގެ ތެރެއަށް ސަމުސަލަކުން ބަތް އަޅާށެވެ. އަދި ބޭކިން ޓްރޭއެއްގެ ތެރޭގައި ބަހެއްޓުމަށް ފަހު މަތި ބަންދު ކޮށްގެން 200 ޑިގްރީ ގައި ދޮޅުގަޑި އިރުވަންދެން ފިހޭށެވެ. މޭޒުމައްޗަށް ނެގުމުގެ ކުރީން ބަރަބޯ ދެފަޅި ކޮށްލާށެވެ. އަދި މައްޗަށް ކޮތަނބިރި ފަތް ކޮޅު ބުރުވާލާށެވެ.

ހަތަރު މީހަކަށް މި ރެސިޕީ އިން ސާވް ކުރެވޭނެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.