ރޮބާޓޯ މަންޗީނީ އިޓަލީގެ ކޯޗަކަށް ހަމަޖައްސައިފި

މެންޗެސްޓަރ ސިޓީގެ ކުރީގެ މެނޭޖަރު ރޮބާޓޯ މަންޗީނީ އިޓަލީ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމާ ހަވާލުވެއްޖެއެވެ.

މަންޗީނީ އިޓަލީގެ ކޯޗުކަމަށް ހަމަޖައްސާފައި ވަނީ އެޓީމުގެ ކުރީގެ ކޯޗު ޖިއަން ޕިއޭރޯ ވެންޗޫރަރ ވަކިކުރުމަށްފަހުއެވެ. އޭނާ ވަކިކުރީ 1958 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރު އިޓަލީ ވޯލްޑް ކަޕަށް ކޮލިފައި ނުވުމުންނެވެ.

މަންޗީނީ ކޯޗުކަމާ ހަވާލުވެފައި ވަނީ ދެއަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުން ނެވެ.

އޭނާ ވަނީ ވަރަށްގިނަ ކާމިޔާބީތައް ހާސިލް ކޮށްފައެވެ. އެގޮތުން މެންޗެސްޓަރ ސިޓީ އަށް ކޯޗުކޮށްދިން އިރު އޭނާވަނީ އެ ކްލަބަށް ފުރަތަމަ ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބު ކޮށްދީފައެވެ. އަދި އޭނާ ފުރަތަމަ ކޯޗުކަން 2001 ވަނަ އަހަރުގައި ކޮށްދިން ފިއޮރެންޓީނާއަށް ވަނީ އެފަހަރުގެ ކޮއްޕާ އިޓާލިޔާ ކާމިޔާބު ކޮށްދީފައެވެ.

އުމުރުން މިހާރު 53 އަހަރުގެ މަންޗީނީގެ ކޯޗުކަމުގެ ދަށުގައި އިޓަލީއިން ކުޅޭނެ އެންމެ ފުރަތަމަ މެޗަކަށްވާނީ ސައުދީ އަރަބިއްޔާގައި ސުވިޒަލޭންޑާ އެކީ ކުޅޭ މެޗެވެ. އެމެޗު ކުޅުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 28 ވަނަ ދުވަހުއެވެ. އެއީ އެކުވެރި ކަމުގެ މެޗެކެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.