ރަންބީރް ކަޕޫރް އާއެކު 'ޝަމްޝޭރާ' އިން ފެންނާނީ ވާނީ ކަޕޫރް

ޔާޝް ރާޖް ފިލްމްސް އިން އުފައްދާ 'ޝަމްޝޭރާ' ގައި ރަންބީރް ކަޕޫރް އާއެކު ލީޑިން ރޯލުން ފެންނާނެ އަންހެން ތަރިއަކީ ވާނީ ކަޕޫރް އެވެ. ވާނީގެ އެހެން ފިލްމެއް ވެސް ވަރަށް އަވަހަށް އިއުލާން ކުރާނެއެވެ. އެ ފިލްމުގެ ފިރިހެން ތަރިންނަކީ ރިތިކް ރޯޝަން އާ ޓައިގަރ ޝްރޮފް އެވެ.

'ޝަމްޝޭރާ' ޑައިރެކްޓް ކުރާނީ ކަރަން މަލޯތުރާ އެވެ. އަދި އުފައްދަނީ އަދިތްޔާ ޗޯޕްރާ އެވެ. އާއްމުކޮށް އަދިތްޔާގެ ފިލްމް ތަކުން ފެންނަ އަންހެން ތަރީންނަށް އޭނާގެ ދެވަނަ ފިލްމެއްގައި މަސައްކަތް ކުރަން ފުރުސަތު ނުލިބޭ ކަމަށްވެއެވެ، ނަމަވެސް ވާނީ ކަޕޫރް އަކީ އަދިތްޔާގެ ފޭވަރިޓް ބަތަލާ ކަމަށްވެއެވެ. އޭނާ ވަނީ ރަންވީރް ސިންގހް އާ އެކު އަދިތްޔާ ގެ 'ބޭފިކްރޭ' ގައި މަސައްކަތް ކޮށްފައެވެ.

މި ފިލްމުގައި ރަންބީރް ކުޅޭނީ ޑާކޫ އެއްގެ ރޯލެވެ. ރަންބީރް އާ އެކު މި ފިލްމުން ސަންޖޭދަތު ވެސް ފެނިގެންދާނެއެވެ. ފިލްމުގެ ޑައިރެކްޓާރ ކަރަން އާ ހަވާލަދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ރަންބީރް ފަދަ ވަރުގަދަ ތަރި އަކާ އެކު ނުބައި ބައި ރޯލު ކުޅެން އެންމެ އެކަށީގެންވާ ތަރިއަކީ ސަންޖޭދަތު އެވެ. މީގެ ކުރިން ޑާކޫންގެ ރޯލު ކުޅެފައިވާ ތަރިންގެ ތެރޭގައި ސުނިލް ދަތު، ދިލިޕް ކުމާރް، ވިނޯދް ކައްނާ، ސީމާ ބިސްވާސް، އިރްފާން ޚާން، އަމްޖަދް ޚާން، ދަރްމެންދްރާ، އަމީތާބް ބައްޗަން، ސަންޖޭ ދަތު، މިތުން ޗަކްރަބަތީ، ސަނީ ޑިއޯލް، އަދި ޒީނަތު އަމަން އާއި ސްރީ ދޭވީ ހިމެނެއެވެ.

ފިލމުގެ މަސައްކަތް މިއަހަރު ތެރޭ ފަށާނެ ކަމަށް ޔާޝްރާޖް ފިލްމްސް އިން ހާމަކޮށްފައިވެއެވެެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.