މިއަހަރުގެ ކޭންސް ފިލްމް ފެސްޓިވަލުގައި ދީޕިކާގެ ހެދުންތައް

މިހާރު ކުރިއަށްދާ ކޭންސް ފިލްމް ފެސްޓިވަލުގައި ދީޕިކާ ވަނީ ފެޝަން ތަފާތު އެކި ސްޓައިލްގެ ހެދުމުގައި ފެޝަން ޕޮލިހުން ސިއްސުވާލާފައެވެ. ކޭންސްގައި އޭނާގެ ކޮންމެ ފެނިލުމަކުންވެސް ޑިޒައިނަރުންނާ މީޑިއާގެ ސަމާޅުކަން ލިބުނެވެ. މީގެ ކުރީން މިފަދަ އިވެންޓް ތަކުގައި އޭނާގެ ހެދުންތަކަށޤ ގިނަބޔަކު ފާޑު ކިޔާފައިވެއެވެ. އެއީ އޭނާގެ ރީތި ބައްޓަމާއި އިސްކޮޅާ ނުގުޅޭ ގޮތަށް ހެދުން އަޅާތީ އެވެ.

އެންމެ ފާހަގަކޮށްލެވުނު ހެދުމަކީ ރެޑް ކާޕެޓް އިވެންޓުގައި އޭނާ ލައިގެން ހުރި ހޮޓް ޕިންކް ހެދުމަށެވެ. އެ ހެދުމަކީ އަޝީ ސްޓޫޑިއޯ ގެ ހެދުމެކެވެ. އަޝީ ސްޓޫޑިއޯ އަކީ މަޝްހޫރް ފެޝަން ބްރޭންޑެކެވެ. ހެދުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނީ ލޯރެނޝްވަރޒް ގެ ގަހަނާ އާއި އަކުއާ އަޒޫރާގެ ހޮޓް ޕިންކް ބޫޓުންނެވެ.

މިއަހަރު ކޭންސްގައި އޭނާ ފުރަތަމަ ފެނިގެން ދިޔައީ ވަރަށް އާދައިގެ ސްޓައިލަކަށް ހެދުނަ އަޅައިގެންނެވެ. ހުދު ޓީޝާރޓަކާއި މަޑު ނޫކުލައިގެ ޖީންސެއްގައެވެ.

ދެވަނަ ފެނިލުމުގައި އޭނާ ލައިގެން ހުރީ ނިއޔޯކުގެ ފަރުމާ އެއް ކަމަށް ޓޯމް ގެ ހެދުމެކެވެ. މިއީ ރަތް، ރީންދޫ، ނޫ، ހުދު ސްޓަރައިޕް ހެދުމެކެވެ.

އޭނާގެ ތިންވަނަ ފެނިލުމުގައި ލައިގެން ހުރީ ފިލޮސޮފީ ޑި ލޮރެންޒޯ ސެރަފިނީ ހެދުމެކެވެ.

ދެން އޭނާ ފެނިގެން ދިޔައީ ލުބްނާންގެ ފެޝަން ޑިޒައިނަރު ޒުހައިރ މުރާދުގެ ހެދުމެއްގައެވެ. މިއީ ހުދު ކުލައިގެ ހެދުމެކެވެ. މި އަހަރުގެ ފެސްޓިވަލުގައިވެސް މިހާތަނަށް ޒުހައިރް މުރާދްގެ ގިނަ ހެދުންތަކެއް ފެނިގެން ގޮސްފައިވެއެވެ.

ދީޕިކާގެ ފަސްވަނަ ފެނިލުމުގައި އޭނާ ލައިގެން ހުރި ފްލޯރަލް ހެދުމަކީ ދުނިޔޭގެ މަޝްހޫރް ޑިޒައިނަރެއް ކަމުގައިވާ މޯނިކް ލޫއިލިއަރ ގެ ހެދުމެކެވެ.

ޕަރޕްލް ކުލައިގެ ޕޭންޓް ސޫޓެއްގައި ވެސް އޭނާ ފެނިގެން ދިޔައެވެ.

View this post on Instagram

strike a pose!✌? #Cannes2018

A post shared by Deepika Padukone (@deepikapadukone) on

އަލްބާޓާ ފެރާޓީގެ ރަންކުލައިގެ ހެދުމުގައި ވެސް ދީޕިކާ ވަރަށް ނަލައެވެ.

މިއަހަރުގެ ފެސްޓިވަލުގައި އޭނާ ވަނީ ތަފާތު ގިނަ ކުލަކުލައިގެ ހެދުމުގައި ޑިޒައިނަރުންގެ ހިތް އަތުލައިފައެވެ. އޭނާ އަށް އެންމެ ބޮޑު މަގްބޫލުކަމެއް ލިބުނީ ރެޑް ކާޕެޓަގައި ލަިގެން ހުރި ހޮޓް ޕިންކް ހެދުމަށެވެ.  

https://instagram.com/p/Biq2VO3BFiM/

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.