ސޯނަމް ކަޕޫރް އާއި އާނަންދް އަހޫޖާ ކާވެނިކޮށްފި

ސޯނަމް އާއި ފިރިމީހާ އާނަންދް

ބޮލީވުޑްގެ ތަރި އަދި ފެޝަން އައިކޯން އެއްގެ ގޮތުގައި މަޝްހޫރްވެފައިވާ ސޯނަމް ކަޕޫރް އޭނާގެ ލޯބިވެރިޔާ އާ ކާވެނިކޮށްފިއެވެ. ސޯނަމް އާއި އާނަންދް ކާވެނި ކުރީ މިއަދު މެންދުރެއްހާ އިރުއެވެ. ކާވެނީގެ ރަސްމިއްޔާތު އޮތީ މުމްބާއީގައި ހުންނަ ސޯނަމްގެ ބޮޑުދައިތަގެ ގެ، ރޮކްޑޭލް ގައެވެ.

ސޯނަމް އާއި އަނާންދް ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ހަތަރު ވަރަކަށް އަހަރު ވެއްޖެއެވެ. މި ދެލޯބިވެރީންގެ ފޮޓޯތަކާއި ވީޑިއޯތައް ދެ މީހުންވެސް އައީ އިންސްޓެގްރާމްގައި ހިއްސާ ކުރަމުންނެވެ. ނަމަވެސް ޒާތީ ދިރިއުޅުމާ ގުޅޭގޮތުން މީޑިއާއިން ކުރި އެެއްވެސ ސުވާލަކަށް ސޯނަމް ޖަވާބު ދީފައެއް ނުވެއެވެ. އޭނާ އަބަދުވެސް ބުނަމުން އައީ އޭނާގެ ޒާތީ ދިރިއުޅުމުގެ ވާހަކަ މީޑިއާ އާއި ހިއްސާ ކުރަން ބޭނުންނުވާ ނުވާ ވާހަކައެވެ.

ސޯނަމް ކާވެނި ކުރަން އުޅޭ ވާހަކަ މީޑިއާގައި ލިޔަމުން އަންނަނީ ޖެނުއަރީ މަހުން ފެށީގެންނެވެ، ނަމަވެސް ދެފަރާތުގެ އާއިލާ އިން އެވާހަކަތައް ޔަގީންކޮށްދިނީ މިދިޔަ ހަފްތާގައި ދެފަރާތުގެ އާއިލާ އިން ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުން ކާވެނީގެ ހަފްލާ ކުރިއަށްދާނެ ކަމަށްބުނެފައި އޮތީ ސިއްރު އަދި ހަމައެކަނި އާއިލީ މީހުންނާއި ގާތް ތިމާގެ މީހުން ބައިވެރިވާ ހަފްލާއެއްގެ ގޮތުގައެވެ. އެހެނަ ފަރާތްތަކުން އެނިންމުމަށް އިހްތިރާމް ކުރުން އެދޭ ކަމަށްވެސްބަޔާނުގައި ވެއެވެ. މިވާހަކަ ވީ ނޫސްވެރީންނާއި ވީޑިއޯ ޖާނަލިސްޓުން ވަރަށް މާޔޫސްކުރުވި ވާހަކަ އަކަށެވެ. އެމީހުންނަށް ސޯނަމްގެ ކާވެނި ހަފްލާ ފޮޓޯ ނަގަން ނުވަތަ ވީޑިއޯ ކުރަން ފުރަސަތު ނުލިބޭނެތީއެވެ. 

View this post on Instagram

Shaadi squad continues!!!!

A post shared by Karan Johar (@karanjohar) on

ސޯނަމްގެ ކާވެނީގެ ރަސްމިއްޔާތުތައް ފެށުނީ އާދީއްތަ ދުވަހުއެވެ. ފޮޓޯގްރާފަރުންނަށްބަިވެރި ނުވެވުނު ކަމުގައި ވިޔަސް ސޯނަމްގެ އާއިލާ އާއި އޭނާގެ ރައްޓޭހިން ދިޔައީ ބަރާބަރަށް އެމަންޒަރުތައް ނޫށްވެރީންނާ އަދި ސޯނަމްގެ ފޭނުންނާ ހިއްސާކުރަމުންނެވެ. ބޮޑެތި ޓްރަކްތަކުގައި ޖާގަޖަހައިގެން އާދީއްތަ ދުވަހާއި ހޯމަ ދުވަސް ހޭދަ ކުރީ ސޯނަމްގެ މެހެނދީ ކަވަރު ކުރެވޭތޯ އެވެ. ސޯނަމްގެ މެހެނދީގެ ރަސްމިއްޔާތު އޮތީ ސޯނަމްގެ ބައްޕަ އަނިލް ކަޕޫރް ގެ ގޭގައެވެ.

ސޯނަމްގެ ކާވެނީގެ ހަފްލާގައި އަމީތާބް ބައްޗަންގެ އާއިލާ އާއި، ސޯނަމް އެންމެ ފުން ކުޅޫނު ފިލްމު 'ވީރޭ ދި ވެޑިންގ' ގެ ތަރިންކަމުގައިވާ ސްވަރާ ބަސްކަރް އާއި ފިލްމުގެ ޕްރޮޑިއުސަރާއި، ކަރީނާކަޕޫރް ބައިވެރިވިއެވެ. ކަރީނާ ހަފްލާއަށް ދިޔައީ އޭނާގެ ފިރިމީހާ ސައިފް އަލީ ޚާން އާއި ދަރިފުޅޫ ތައިމޫރް އަލީ ޚާން އާ އެކުގައެވެ.

މެހެނދީ ހަފްލާއަށް ހުދު ކުލަ ހަމަޖައްސާފައިވީ ނަމަވެސް ކާވެނީގެ ހަފްލާއަށް ވަކި ޚާއްޞަ ކުލައެއް ހަމަޖައްސާފއަި ނުވެއެވެ. ކަނޑައަޅާފައި އޮތީ އިންޑިއާގެ ސަގާފީ ހެދުމެކެވެ. ހަފްލާއަށް ދިޔަ ގިނަ ބަޔަކު ދިޔައީ ހުދު، ފިޔާތޮށި، ނޫ، ރަތް، ފެި ފަދަ ކުލަތަކުގެ ޝޭޑް ތަކުގެ ހެދުމުގައެވެ. ހަފްލާ އަށް ދިޔަ އާއިލާ މީޙުންގެ ތެރެއިން އަނިލް ކަޕޫރްގެ ބޭބެ އަދި ސްރީ ދޭވީގެ ފިރިމީހާ ބޯނީ ކަޕޫރް އާއި ދެ ދަރީން ޖާންވީ ކަޕޫރް އާއި ޚޫޝީ ކަޕޫރްގެ ހެދުން ފާހަގަކޮށްލެވެއެވެ.

ސޯނަމްގެ ކާވެނިގެ ހަފްލާ ނިމުނު ނަމަވެސް ކާވެނީގެ އުފަލުގައި ބާއްވާ ޕާޓީ އޮންނާނީ މިރޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.