‘ސްކޯރ ޓްރެންޑްސް އިންޑިއާ' ޗާޓުގެ ކުރީގައި ސޯނަމް ކަޕޫރް

ސްކޯރް ޓްރެންޑްސް އިންޑިއާ' ޗާޓުގެ އެންމެ ކުރީން ސޯނަމް ކަޕޫރް ޖާގަ ހޯދައިފިއެވެ. އޭނާގެ މަގްބޫލުކަން އިތުރުވެފައިވާ އެއް ސަބަބަކީ 'ވީރޭ ދި ވެޑިންގ' ގެ ޕްރޮމޯޝަނާ ގުޅިގެންނެވެ. އަނެއް ސަބަބެއް ކަމަށް ވަނީ އޭނާގެ ކައިވެންޏެވެ.

ޗާޓުގެ އެއްވަނައަށް ސޯނަމް ގޮސްފައިވަނީ 80.92 ޕޮއިންޓާ އެކުއެވެ. ކުރިން އެއްވަނައިގައި އޮތީ ޕްރިޔަންކާ ޗޯޕްރާ އެވެ. 61.32 ޕޮއިންޓާ އެކު އޭނާ މިހާރު އޮތީ ދެވަނައިގައެވެ. ޗާޓަށް އެއްކުރެވޭ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރަނީ އެމެރިކާގެ ކުންފުންޏަކުންނެވެ. އެއްކުރެވޭ މައުލޫމާތަކީ 14 ބަހަކުން ލިޔެ އާއްމުކުރާ 600 ނޫސް މަޖައްލާ، އޮންލައިން ނޫސް ފަދަ ތަކެތިން އެއްކުރާ މައުލޫމާތެވެ. މައުލޫމާތު ދިރާސާ ކުރަނީ ބުރާސްފަތިން ބުރާސްފައްޗަށެވެ. މި ހަފްތާ ތެރޭގައި ފޭސްބުކް. ޓްވިޓަރ އަދި އިންސްޓެގްރާމް ގައި ސޯނަމް ގެ މަގްބޫލުކަން ވަނީ އިތުރުވެފައެވެ.

ބޮލީވުޑްއާ ގުޅުން ހުރި މީސްމީޑިއާގެ ވަސީަލތްތަކުގައި އިއްޔެއިން ފެށިގެން ސޯނަމްެގެ ކާވެންޏަށް ތައްޔާރު ވަމުންދާ މަންޒަރު ދަނީ ހިއްސާ ކުރަމުންނެވެ. އޭނާގެ ކާވެނި އޮންނާނީ މިއަދުއެވެ.   

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.