ނަރްގިސް ފަޚްރީ އާއި ރާޖް ކުމާރް ރާއޯ ގެ '5 ވެޑިންގސް' ކޭންސް ފިލްމު ފެސްޓިވަލުގައި ޕްރިމިއަރ ކުރަނީ

ރާޖް ކުމާރް ރާއޯ އާއި ނަރްގިސް ފަޚްރީގެ ހޮލީވުޑް ފިލްމު '5 ވެޑިންގސް'ގެ ޕްރިމިއަރް މިމަހުގެ 10ވަނަ ދުވަހު ކޭންސް ފިލްމ ފެސްޓިވަލުގައި އޮންނާނެއެވެ. މި ފިލްމަކީ މިދެތަރީން އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ. ރާޖް ކުމާރް ރާއޯ ކޭންސް އަށް ތައާރަފްވާ ފިލްމަށްވެސް މި ފިލްމު ވަނީ ވެފައެވެ.

'5 ވެޑިންގްސް' ގެ ޑަައިރެކްޓަރަކީ ނަމްރަތާ ސިންގހް ގުޖްރާލް އެވެ. އޭނާ އަކީ އިންޑޯ-އެމެރިކަން ޑައިރެކްޓަރެކެވެ. "5 ވެޑިންގސް' ގެ ވާހަކަ މީސްމީޑިއާގައި ހިއްސާ ކުރީ ފިލްމް ކްރިޓީކެއް ކަމަށްވާ ތަރުން އަދާރޝް އެވެ.

ރާޖް ކުމާރް ރާއޯ އާއި ނަރްގިސް ފަޚްރީގެ އިތުރުން ހޮލީވުޑްގެ ތަރީން ކަމުގައި ވާ ކެންޑީ ކްލާރކް އާއި ބޯ ޑެރެކް އާއި އެނެލީޒް ވެން ޑަރ ޕޯލް ފެނިގެންދާނެއެވެ.  

އިންޑިއާ، އެމެރިކާ އަދި ކެނެޑާގައި ފިލްމު އަޅުވާނީ މިއަހަރުގެ އޯގަސްޓް މަހުގެ 24ވަނަ ދުވަހުއެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.