ކަރަން ޖޯހަރް ގެ ފިލްމް 'ކަބީ ޚުޝީ ކަބީ ޣަމް' އަށް ޓީވީ ސިލްސިލާ އެއް ހަދަނީ

2001ވަނަ އަހަރު ކަރަން ޖޯހަރް އުފެއްދި ފިލްމު 'ކަބީ ޚުޝީ ކަބީ ޣަމް' އަށް ޓީވީ ސިލްސިލާ އެއް ހަދަން އެކްތާ ކަޕޫރް ނިންމަައިފިއެވެ.

'ކަބީ ޚުޝީ ކަބީ ޣަމް' ގެ އިސް ރޯލެއް ކުޅެފައިވާ ތަރީންނަކީ އަމީތާބް ބައްޗަން، ޝަހް ރުކް ޚާން، ރިތިކް ރޯޝަން، ޖާޔާ ބައްޗަން، ކާޖަލް، އަދި ކަރީނާ ކަޕޫރް އެވެ. މި ފިލްމުން ކިޔައިދީފައިވަނީ ދެ ފިރިހެން ދަރީންގެ ވާހަކައެވެ. އޭގެ ތެރެއިން އެއް ކުއްޖަކީ އެޑޮޕްޓް ކޮށްފައިވާ ކުއްޖެކެވެ. އާއިލާ ތެރޭގައި ޖެހޭ މައްސަލައަކުން އާއިލީ ގުޅުން ހީނަރުވެ ބަލަކަށިވީ ނަމަވެސް އާއިލާ ގުޅުމަކީ ލެއާ އެއްވަރަކަށް ބާރުގަދަ ގުޅުމެއްކަން މި ފިލްމުން ފެނިގެން ދިޔައެވެ. އަދި އާއިލާއަށް ދިމާވި މައްސަލަތައް ހައްލުކޮށް އަލުން ގުޅުން ބަދަހިވާ މަންޒަރް ފެނެއެވެ. ފިލްމުގައި ކަރީނާ ކުޅެފައިވަނީ ރިތިކް ގެ ލޯބިވެރިއެއްގެ ރޯލެވެ. އަދި ކާޖޮލް ކުޅެފައިވަނީ ޝާހް ރުކް ޚާންގެ އަންހެނުންގެ ރޯލެވެ. 'ކަބީ ޚުޝީ ކަބީ ޣަމް' އަކީ ވަރަށް އަސަރުގަދަ ރީތި ފިލްމެކެވެ. މި ފިލްމުން މެހެމާނެއްގެ ގޮތުގައި ރާނީ މުކަރްޖީ ވެސް ފެނިގެން ދިޔައެވެ.

މުމްބާއީ މިރަރ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި 'ކަބީ ޚުޝީ ކަބީ ޣަމް' އަށް އުފައްދާ ޓީވީ ސިލްސިލާ އަށް ކިޔަނީ 'ދިލް ހީ ތޯ ހެއި' އެވެ. އަދި މި ސިލްސިލާ ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ސޮނީ އިން ދުރަށް ދައްކަން ހަމަޖެހިފައިވާ ކަމަށް އެނޫހުން ރިޕޯޓް ކޮށްފައިވެއެވެ. މި ސިލްސިލާގައި އަމީތާބް ގެ ރޯލު ކުޅުމަށް ހަމަޖެހިފައިވަނީ ބިޖޯއި އާނަންދް ކަމަށްވެއެވެ. އޭނާ އަކީ 1998ވަނަ އަހަރު މަޝްހޫރްވި 'ޕިޔާރް ތޯ ހޯނާ ހިތާ' ގައި ކާޖޮލްގެ ލޯބިވެރިޔާގެ ރޯލު ކުޅެފައިވާ މީހެކެވެ. އަދި ކަރީނާ ނުވަތަ ކާޖޮލް ގެ ރޯލު ކުޅުމަށް 'ކުޗް ރަންގް ޕިޔާރް ކޭ އޭސޭ ބީ'ގެ ތަރި އެރިކާ ފަރނަންޑީސް އާ ވަހަކަދައްކަމުންދާ ކަމަށްވެސް އެނޫހުން ރިޕޯޓް ކުރެއެވެ. ސިލްސިލާގެ އެހެން ރޯލުތަކަށް މީހުން ހަމަޖައްސަން އެކްތާ މަސައްކަތް ކުރަމުންދާ ކަމަށް މުމްބާއީ މިރަރ އިން ރިޕޯޓްކުރެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.