
ބ. އަތޮޅު ކަމަދޫގައި ކުނި މެނޭޖު ކުރުމުގެ މަރުކަޒެއް ގާއިމް ކުރުމަށް ބަޔަކާ މިއަދު ހަވާލުކޮށްފިއެވެ.
ތިމާވެއްޓާބެހޭ މިނިސްޓްރީން ވިދާޅުވެފައިވަނީ އެމަސައްކަތް ހަވާލުކޮށްފައިވަނީ ވެހިކޮން ބިލްޑަރސް ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ. އެ މަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 1,199,987.00 ރުފިޔާއަށެވެ. އެމަސައްކަތް ނިންމަން ދެއްވައިފައިވާ މުއްދަތަކީ އެގްރީމެންޓްގައި ސޮއިކުރައްވާ ދުވަހުން ފެށިގެން 90 ދުވަސް ކަމަށްވެސް ތިމާވެއްޓާބެހޭ މިނިސްޓްރީން ވިދާޅުވިއެވެ.
މިމަސައްކަތް އެކުންފުންޏާ ހަވާލު ކުރުމުގެ ރަސްމިއްޔާތުގައު އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ އަޖުވަދު މުސްތަފާއެވެ. އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަހުމަދު ރަޝީދެވެ.