
ހުޅުމާލޭ ހުސްބިމެއްގައި ހުރި ލަކުޑިތަކެއްގައި މިއަދު ހަވީރު ރޮވެއްޖެއެވެ. ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިންވަނީ ނިއްވާލައިފިއެވެ.
މި ހާދިސާގައި ރޯވެފައިވަނީ ހުޅުމާލޭގައި ހުންނަ އެސްޓީއޯގެ ފިއުލް ޝެޑް އާ ޖެހިގެން އޮތް ހުސްބިމެއްގައި ހުރި ލަކުޑިތަކަކާއި ޖަމްބޯ ބޭގުތަކަށް އަޅާފައި ހުރި ކުނިތަކެއްގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެ ސަރަޙައްދުގައި ރޯވި އަލިފާން އެއްކޮށް ނިއްވާލާފައިވަނީ މިރޭ ގާތްގަނޑަކަށް 19:58 އެހައިކަންހާ އިރުއެވެ.
މި ހާދިސާގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތުގައި ހުޅުމާލޭ ފަޔަރ ސްޓޭޝަންގައި މަސައްކަތްކުރާ ސިފައިންގެ އިތުރުން މާލޭ އޭރިއާ ހުޅުލޭ ޕޯސްޓުގައި މަސައްކަތްކުރާ ސިފައިންވެސް ވަނީ ހަރަކާތްތެރިވެފައެވެ. މި ހާދިސާ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ ތަހުގީގު ކުރަމުން ކަމަށް އެންއެންޑީއެފުން ވިދާޅުވިއެވެ.