
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކެއް މާދަމާ ފަށާނެ ކަމަށް އެތަނުން ވިދާޅުވެއްޖެއެވެ.
މި ތަމްރީންތައް ކުރިއަށްދާނީ ކ.ގިރިފުށީގައި ހުންނަ ސިފައިންގެ ތަމްރީން މަރުކަޒުގައެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ މާދަމާއިން ފެށިގެން މިމަހުގެ 21 ގެ ނިޔަލަށެވެ.
މި ތިންދުވަހު ތަމްރީންތައް ކުރިއަށް ގެންދާނީ ކޮންމެ ދުވަހަކު 18:30 އިން 21:00 އަށެވެ. މިތަމްރީނުގައި ސިފައިން ބަޑި ބޭނުންކުރާނެއެވެ. ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ގިރިފުށިން ހުޅަނގު ދެކުނަށް 2000 މީޓަރު ދުރުމިނަށާއި 100 މީޓަރުގެ އުސްމިނާ ދެމެދުގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މިފަދަ ތަމްރީންތައް ސިފައިން ގެންދަނީ އެމަރުކަޒުގައި ބާއްވަމުންނެވެ.