
ތައިލެންޑުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރަކަށް ޑީއާރުޕީގެ ވަގުތީ ލީޑަރ މުޙަންމަދު ނަޝީދު (ކާނަލް) އައްޔަން ކުރައްވައިފިއެވެ.
ސަފީރު ކަމުގެ މަގާމަށް ކާނަލް އައްޔަން ކުރެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ފަތްކޮޅު އެރުއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ކާނަލް ނަޝީދަކީ މިވަގުތު ޑީއާރުޕީ ހިންގެވުމާއި ހަވާލުވެ ހުންނެވި ފަރާތެވެ. ކުރިން އެމްޑީޕީގައި ހުންނެވިއިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ކުރެއްވި ނަޝީދު ވަނީ ޑީއާރުޕީން ސަރުކާރާއެކު ކޯލިޝަން ބައިވެރިއަކަށް ވެފައެވެ. ރައީސް ޔާމީންގެ ކެމްޕޭން ބަޔެއް ޖަލްސާތަކުންވެސް ފަހަކަށް އައިސް ނަޝީދު ދަނީ ފެންނަމުންނެވެ.