
މާލޭގައި ބަނގުރާ ގުދަންކޮށް ރަލުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން ދިޔަ ބަޔަކު ފުލުހުން އަތުލައިގެންފިއެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއެއް ކަމަށްވާ މ. މިފްލީންގެ ޗެކް ކުރުމަށް ފަހު ބަނގުރާ ގުދަންކޮށް، ރަލުގެ ވިޔަފާރި ކުރަމުންދިޔަ 6 މީހުން މިހާރު ހައްޔަރުކޮށް ގިނަ އަދަދެއްގެ ބަނގުރާވެސް ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ.
ހައްޔަރު ކުރި މީހުންގެ ތެރޭގައި ހަތަރު ދިވެހިންވެސް ހިމެނެއެވެ. ދެން ތިބީ ބިދޭސީ ދެމީހުންނެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 20 އަހަރާއި 40 އަހަރުގެ މީހުންނެވެ. މި 6 މީހުންގެ އިތުރުންވެސް އެހެން ބަޔަކު މިކަމުގައި ޝާމިލް ވާކަމަށް ފުލުހުން ވަނީ ތުހުމަތު ކޮށްފައެވެ. އެހެންވެ އެމީހުން ހޯދުމުގެ މަސައްކަތްވެސް މިހާރު ފުލުހުން ދަނީ ކުރަމުންނެވެ.
ފުލުހުން ބުނީ އެގެއިން 411 ފުޅި ބަނގުރާ ފެނުނު ކަމަށެވެ. މީގެއިތުރުން 84 ދަޅު ބިޔަރުވެސް ފުލުހުން ވަނީ އެގޭތެރެއިން ހޯދާފައެވެ.