މަޅުމަތި: ނޫސްވެރިންގެ ބާރު

ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރު ވަނަ ބާރެވެ.

ނޫސްވެރިންނަކީ ވަރަށް ބާރު ގަދަ ބައެކެވެ.

ނޫސްވެރިންނަކީ ގައުމު ހަމަ މަގަށް އަޅުވާ މީހުންނެވެ.

ނޫސްވެރިންނަކީ ހިތްވަރާއި ކެރުމުގެ ނަމޫނާ ބައެކެވެ.

* * *

އެހެން ހެއްޔެވެ؟

ނޫސްވެރިންގެ ބާރަކީ ކޮބައި ހެއްޔެވެ؟

ނޫސްވެރިންގެ ސަބަބުން ކުރާ ފައިދާ އަކީ ކޮބައި ހެއްޔެވެ؟

* * *

ނޫސްވެރިންގެ ބާރަކީ އާއްމުންގެ ސިކުނޑިތަކާ ކުޅެލުމުގެ ބާރެވެ.

ޚިޔާލުތައް ބަދަލު ކޮށްލުމުގެ ބާރެވެ.

ސަރުކާރުތައް ބަދަލު ކޮށްލުމުގެ ބާރެވެ.

ނޫސްވެރިންގެ މަސައްކަތުން މީސްމީހުންގެ ޝުއޫރު ހިލުވައިލައެވެ.

ރައްޔިތުންގެ ޒަމީރު ހޭލައްވައިިލައެވެ.

އަހަރެންގެ ލިޔުމުގެ ސަބަބުން ހޭލުންތެރިކަން އިތުރު ވެއެވެ.

* * *

އެހެން ހެއްޔެވެ؟

ކޮން ޝުއޫރެއް ހެއްޔެވެ؟

ކޮން ޒަމީރެއް ހެއްޔެވެ؟

ކޮން ހޭލުންތެރިކަމެއް ހެއްޔެވެ؟

ބަލަގަ ނައީމެވެ. މޮޔަ ނުގޮވާށެވެ.

ކީރިތި ޤުރްއާނާއި، ހަދީސު ކިޔައިގެން ހޭ ނާރާ ބަޔަކު ކަލޭގެ ލިޔުން ކިޔައިގެން ހޭއަރާނެ ހެއްޔެވެ؟


(މި ލިޔުމުގެ މައިގަނޑު ޚިޔާލު ލިބުނީ ހިންދީ ފިލްމެއްގެ ޑައިލޮގަކުންނެވެ.)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.