ދިރާގު ޖެހީ ލިބުނީގެ ޕެނަލްޓީ ޝޯޑައުން ކުޅެގެން އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު އިތުރުކޮށްލާ

ދިރާގުން ފުޓުބޯޅަ މޫސުމާ ދިމާކޮށް ތައާރަފްކޮށްފައިވާ ކަސްޓަމަރުންގެ މެދުގައި މަގުބޫލު 'ޖެހީ ލިބުނީ' އިން ލިބޭ އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު 'ޕެނަލްޓީ ޝޯޑައުން' ގޭމް މެދުވެރިކޮށް އިތުރުކޮށްލުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައެވެ.

މި ގޭމްގެ އެހީގައި ލީޑަރބޯޑުގެ އެންމެ ކުރިޔަށް އެރުމަށް އިތުރު ޕޮއިންޓްތައް ހޯދޭނެއެވެ.

'ޖެހީ ލިބުނީ'ގައި ބައިވެރިވުމަށް، ދިރާގުއެޕްގައިވާ 'ޖެހީ ލިބުނީ' ބެނަރއަށް ފިއްތާލުމަށްފަހު، ސަޕޯޓުކުރާ ޓީމެއް އިހުތިޔާރުކޮށްގެން ފަސޭހަކަމާއެކު ބައިވެރިވެވޭނެއެވެ. އަދި އެއަށްފަހު އިހުތިޔާރުކޮށްފައިވާ ޓީމުން ޖަހާ ކޮންމެ ލަނޑަކާއެކު 1ޖީބީ ޑޭޓާ މުޅިން ހިލޭ ލިބިގެންދާނެއެވެ.

މި ލަނޑުތަކާއެކު ހިލޭ ޑޭޓާގެ އިތުރުން ލިބޭ ޕޮއިންޓްގެ އެހީގައި މި ޕްރޮމޯޝަންގެ ނިމިގެންދާއިރު ލީޑަރބޯޑުގެ އެއް ވަނަ ހާސިލުކުރާ ފަރާތައް ޕީއެސް5 ސްލިމް 1ޓީބީ، އީއޭ އެފްސީ 26 ބަންޑްލްއެއް އަދި ސެމްސަން އޮޑިސީ ޖީ5 27 އިންޗީގެ 165ހަރޒް ކިއުއެޗްޑީ ކަރވްޑް މޮނިޓަރއެއް ލިބިގެންދާނެއެވެ. އަދި، ޖެހީ ލިބުނީގައިވާ 'ޕެނަލްޓީ ޝޯޑައުން' ގޭމް ކުޅެގެން ލީޑަރބޯޑުގެ އެއްވަނަ ހޯދުމަށްޓަކައި ޕޮއިންޓް އިތުރުކުރެވޭނެއެވެ.

ޖެހީ ލިބުނީއަކީ ދިރާގުން މިހާރު ކުރިއަށްގެންދާ 'ފޯރިން ގުގުމާލާ' ކެމްޕެއިންގެ ތެރެއިން ހިންގާ ފޯރިގަދަ ޕްރޮމޯޝަނެކެވެ. 'ފޯރިން ގުގުމާލާ' ކެމްޕެއިންއަށް ނަން ދެވިފައިވަނީ ފުޓުބޯޅަ ބަލަމުންދާއިރު ސަޕޯޓު ކުރާ ޓީމުން ލަނޑެއް ޖަހާނެ ވަގުތަކަށް ކެތްމަދުވެފައި ވަނިކޮށް އެ ޓީމުން ލަނޑެއް ޖެހުމުން އެ ކުރެވޭ ފޮނި އިހުސާސާއި، ފޯރީގައި އެންމެން އެއް އަޑަކުން ގުގުމާލާއިރު އެ ކުރެވޭ އުފާވެރި ތަޖުރިބާގެ މައްޗަށެވެ. އެހެންކަމުން، ދިރާގުގެ މަގުސަދަކީ، މި ކެމްޕެއިންގެ ތެރެއިން އަގުހުރި އިނާމުތަކާއި އައު ތަޖުރިބާތަކާއެކު ކަސްޓަމަރުންނަށް އިތުރު ފުރިހަމަކަމާއި އުފާވެރި ވަގުތުތައް ގެނެސްދިނުމެވެ.

މި ކެމްޕެއިނާ ގުޅޭ އިތުރު މައުލޫމާތު ދިރާގު ވެބްސައިޓް މެދުވެރިކޮށް ލިބިގެންދާނެއެވެ:

https://www.dhiraagu.com.mv/personal/promotions/FoarinGugumaalaa

ދިރާގުން ދަނީ މި ފަދަ ހާއްސަ މުނާސަބަތުތަކާއި ގުޅުވައިގެން ކަސްޓަމަރުންނަށް ހިތްގައިމު ޑިޖިޓަލް ތަޖުރިބާތަކާއި އަގުހުރި އިނާމުތައް ގެނެސްދެމުންނެވެ. ދިރާގުގެ އުންމީދަކީ މި ފުޓްބޯޅަ މޫސުމުގައި އެއް ކުޅިވަރެއް، އެއް ގައުމެއްގައި އެއް ނެޓްވޯކެއް މެދުވެރިކޮށް ތަޖުރިބާކުރަމުންދާ ވަގުތު ކަސްޓަމަރުންނަށް މި ކަމުގެ ފޯރިއާއި އުފާވެރިކަން އިތުރުވެގެން ދިއުމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.