ދިރާގު ޕޯސްޓްޕެއިޑް އަދި އަމިއްލަ މަންތުލީ ޕްލޭންތަކުގެ ބާކީވާ ޑޭޓާ އަނެއް މަހު ލިބޭނެ!

ދިރާގު ޕޯސްޓްޕެއިޑް އަދި އަމިއްލަ މަންތުލީ ޕްލޭންތަކަށް 1 ސެޕްޓެމްބަރ 2022 އިން ފެށިގެން ޑޭޓާ ރޯލްއޯވަރ ތައާރަފު ކޮށްފިއެވެ.

ޑޭޓާ ރޯލްއޯވަރ ތައާރަފު ކުރުމާއެކު، އޯގަސްޓު މަސް ނިމިގެންދިއައިރު ހުރިހާ ދިރާގު ޕޯސްޓްޕެއިޑް އަދި އަމިއްލަ މަންތުލީ ޕްލޭންތަކަށް  ސަބްސްކްރައިބް ކޮށްފައިވާ ކަސްޓަމަރުންގެ ޕެކޭޖުގައި ބޭނުން ނުކޮށް ހުރި ކޯ ޑޭޓާ އެލަވަންސެއް ވާނީ ސެޕްޓެމްބަރ މަހުގެ އެލަވަންސްއާއި އެކު ހިމަނާފައެވެ.

އެހެންކަމުން ކުރިއައް އޮތްތާންގައިވެސް އެ މަހެއްގައި ބޭނުން ނުކުރެވި ހުންނަ އިތުރު އެލަވަންސް ޖެހިގެން އަންނަ މަހުގެ އެލަވެންސްއާއިއެކު ހިމެނިގެންދާނެއެވެ. މި ރޯލް އޯވަރ ކުރެވޭ ޑޭޓާ ބޭނުންކުރެވޭނީ އެއް މަސްދުވަހުގެ މުއްދަތަށެވެ. މިއީ ދިރާގު ޕޯސްޓްޕެއިޑް އަދި އަމިއްލަ މަންތުލީ ޕްލޭންތަކަށް  ސަބްސްކްރައިބް ކޮށްފައިވާ ކަސްޓަމަރުންނަށް އިތުރު ހަރަދަކައިނުލައި އިތުރު ޑޭޓާ ބޭނުންކޮށްލުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެކެވެ.

މި ޚިދުމަތް ތައާރުފުކޮށްފައިވާނީ ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޚާއްސަ ޕްރޮމޯޝަންއެއް ކުރިއައްދާ ދަނޑިވަޅެއްގައެވެ. މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޕޯސްޓްޕެއިޑް ނުވަތަ ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ޚިދުމަތަށް އެޕްލައިކޮށްލައިގެން ހިލޭ ދަތުރެއް ލިބުމުގެ ފުރުޞަތު ހުޅުވާލާއިފިއެވެ. އެގޮތުން ނަސީބުވެރި ކަސްޓަމަރަކަށް އަބޫ ދާބީ، ޑުބާއީ އަދި އިސްތަންބޫލަށް ދެ މީހަކަށް ހިލޭ ދަތުރެއް ލިބުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މިދަތުރުގައި ހިލޭ ދެކޮޅު ޓިކެޓު އަދި އެކޮމޮޑޭޝަންގެ އިތުރުން ޑުބާއީ އަދި އިސްތަންބޫލްގެ ދެ ޓުއާއެއްވެސް މި ޕެކޭޖްގައި ހިމެނެއެވެ. އަދި މީގެ އިތުރުން 1000 ޑޮލަރުގެ ޝޮޕިން އެލަވަންސެއްވެސް ނަސީބުވެރި ފަރާތަކަށް ލިބިގެން ދާނެއެވެ. ދިރާގުގެ މި ޕްރޮމޯޝަން ކުރިއަށް ދާނީ 30 ސެޕްޓެމްބަރ 2022 ގެ ނިޔަލަށެވެ. އަދި މި މުއްދަތުގައި އަމިއްލަ ޕޯސްޓްޕެއިޑް ނުވަތަ ދިރާގު ޕޯސްޓްޕެއިޑް ޕްލޭންތަކަށް އެޕްލައިކުރާ ފަރާތްތަކުން ޑިޕޮސިޓްއެއް ބަހައްޓާކަށް ނުޖެހޭނެއެވެ.

މިއީ ދިރާގުން ދޭ ތަފާތު ޕޯސްޓްޕެއިޑް ޕްލޭންތަކަށް ބަދަލުކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. ދިރާގު ޕޯސްޓްޕެއިޑް އަދި ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ގެ ތަފާތު ޕެކޭޖުތަކާއިއެކު، ކަސްޓަމަރުން ބޭނުންވާ ގޮތަށް ބޭނުންވާ އަގެއްގައި ތަފާތު ވޮއިސް އަދި ޑޭޓާ އެލަވަންސްތައް ޚިޔާރު ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ގެނެސްދިނުމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.