މަރަދޫފޭދޫގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި އެމްއެންޑީއެފް

މި އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން އައްޑޫ ސިޓީ މަރަދޫފޭދޫ ޓައުން އޮފީހުން އިންތިޒާމްކޮށްގެން ބޭއްވި ކުޑަކުދިންގެ ހަވީރުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ބައިވެރިވެއްޖެއެވެ.
މޭ 27ވަނަ ދުވަހު މަރަދޫފޭދޫ ބަނދަރު ސަރަހައްދުގައި ބޭއްވި މި ހަވީރުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ކޯސްޓްގާޑް ފޯތް ސްކޮޑްރަންގެ ފަރާތުން ފަރުމާކުރި ސްޓޯލްގައި ތަފާތު ގޭމުތަކާއި، ކޯސްޓްގާޑް ޝިޕް ކާމިޔާބާ ބެހޭ ގޮތުން މަޢުލޫމާތު، ދިނުމުގެ އިތުރުން ކުޑަކުދިންނަށް ފޮޓޯ ނެގުމުގެ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތްތަކަށް ގިނަ އަދަދެއްގެ ކުޑަކުދިންގެ ފަރާތުން ތަރުހީބު ވަނީ ލިބިފައެވެ.
މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ކޯސްޓްގާޑް ފޯތް ސްކޮޑްރަންގެ ސިފައިންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.